މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން A ކެޓަގަރީން ފުލެޓް ލިބުނު ފަރާތްތަކާއި ގޯތި ލިބުނު ފަރާތްތަކުން 2 އަހަރުދުވަސް ހަމަވުމުގެ ކުރިން ދޫކޮށްލަން އެއްބަސްވެފައިވާ މާލޭގެ ގޯތި ނުވަތަ އެފަރާތަށް ލިބުނު ބިމާގުޅޭ

އިޢުލާން

"ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން A ކެޓަގަރީން ފުލެޓް ލިބުނު ފަރާތްތަކާއި، ގޯތި ލިބުނު ފަރާތްތަކުން 2 އަހަރުދުވަސް ހަމަވުމުގެ ކުރިން ދޫކޮށްލަން އެއްބަސްވެފައިވާ މާލޭގެ ގޯތި ނުވަތަ އެފަރާތަށް ލިބުނު ބިން ބައެއް ފަރާތްތަކުން މިހާތަނަށް ދޫކޮށްލާފައިނުވާކަން ވަނީ ފާހަގަކުރެވިފައެވެ.

މިގޮތުން މިހާތަނަށް ޝަރުޢީ މަރުޙަލާގައި ގޯތި ހަވާލުކުރުމުގެ އިޖުރާތްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކުން މިއަދުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ ގޯތިތައް ނުވަތަ ބިން ހުސްކޮށް މި މިނިސްޓްރީއާ ހަވާލުކޮށްދެއްވުމަށް ދެންނެވީމެވެ.

އަދި ހަމައެހެންމެ ދައުލަތަށް ގޯތި ނުވަތަ ބިން ހަވާލުކުރުމުގެ އިޖުރާތްތައް ފުރިހަމަކޮށްފައިނުވާ ފަރާތްތަކުން މިއަދުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހަޅުއްވައި ޝަރުޢީ މަރުޙަލާ ފުރިހަމަކުރެއްވުމަށް ދެންނެވީމެވެ. އަދި މިއަދުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ގޯތި ނުވަތަ ބިން ހުސްކޮށް މި މިނިސްޓްރީއާ ހަވާލުކުރުމަށްވެސް ދެންނެވީމެވެ.

މި މުއްދަތު ހަމަވާއިރު މި މިނިސްޓްރީއާ ގޯތި ނުވަތަ ބިން ހަވާލުނުކުރައްވާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅައި، ހަވާލުނުކުރާ ގޯތި ނުވަތަ ބިން ހުސްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަން އަންގައި އިޢުލާނު ކުރީމެވެ.

23 ރަބީޢުލްއައްވަލް 1438

22 ޑިސެންބަރު 2016
ހޯދާ