ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މަސައްކަތްކުރާ ސަރަހައްދު ބަދަލުވުން

އިޢުލާން

މާލޭގެ ދެކުނު ފަރާތު ބަނދަރުގެ ދެ ނަންބަރު ކުނިކޮށި ކުރިމަތީގައި އޮންނަ ސަރަހައްދުގައާއި، އެމް.ޕީ.އެލްގެ މީރު ބަޙުރު ބަނދަރުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ކުރަމުންދިޔަ ކުނި މެނޭޖްކުރުމުގެ ހުރިހާ މަސައްކަތްތަކެއް، 22 ޑިސެންބަރު 2016 ން ފެށިގެން މާލޭގެ ހުޅަނގު ދެކުނު ފަރާތުން ހިއްކާފައިވާ ޞިނާޢީ ސަރަހައްދުގައި ހުރި ވެމްކޯގެ ސައިޓަށް ބަދަލުކުރެވިފައިވާ ވާހަކަ ޚިދުމަތް ހޯދަމުންދާ ހުރިހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މި ކުންފުނިން 14 މާރިޗު 2016 ގައި ކުރެވުނު WMC-OPS/IUL/2015/019 ނަންބަރު އިޢުލާނުގައި ބަޔާންކޮށްފައިވާ ޓްރާންސްފަރ ފީ، 2017 ފެބުރުވަރީ 22 ވަނަ ދުވަހުން ފެށިގެން މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި ހިއްކާފައިވާ ޞިނާޢީ ސަރަހައްދުގައި ހުރި ވެމްކޯގެ ސައިޓަށް ވަންނަ ހަތަރު ފުރޮޅުލީ ހުރިހާ އުޅަނދަކުން ނެގުމަށް ހަމަޖެހިފައިވާ ވާހަކަ އާންމުކޮށް އަންގައި އިއުލާނު ކުރަމެވެ. މިގޮތުން ފީނެގޭނީ، ކުނި އުކާލުމަށް ވަންނަ ހަތަރު ފުރޮޅުލީ އުޅަނދުތަކުގެ ޓަނޭޖަށް ބަލައި، ކޮންމެ ޓަނަކަށް -/200 ރުފިޔާގެ ރޭޓުންނެވެ. މިކަމާބެހޭ އިތުރު ތަފުސީލު މި ކޯޕަރޭޝަންގެ ވެބްސައިޓް www.wamco.com.mv  އިން ލިބެން ހުންނާނެއެވެ. އަދި މި ކޯޕަރޭޝަންގެ 3000851 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

15 ޑިސެންބަރު 2016
ހޯދާ