ދިވެހިރާއްޖެ
އިޢުލާން
2017 ވަނަ އަހަރު މި މަދަރުސާގެ ކިޔެވުން ފެށެންވާއިރަށް ބޭނުންވާ ބައެއް ތަކެތި ހޯދުން
މަސައްކަތް |
40 ފަންކާ ހޯދުން |
2017 ވަނަ އަހަރު ފެށެންވާއިރަށް ކުލަ ހޯދުން |
4 ދިދަ (ސްކޫލްދިދައާއި ޤައުމީދިދަ) |
ވީމާ، މި ތަކެތި ހޯދައިދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 2 ވާ ހޯމަދުވަހުގެ 10:30 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 05 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ކަނޑައިބެލުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ވަގުތުގައެވެ. އަދި މި ވަގުތުގައި އަންދާސީހިސާބު ހުށަހަޅާ ހުރިހާ ފަރާތްތަކުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީހިސާބު ހުށަހަޅާފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވަނީ މި މަދަރުސާއިން ދޭ ފޯމެޓާ އެއްގޮތަށް ކަމުގައިވެސް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މަދަރުސާގެ ނަންބަރު 6780572 އާ ގުޅުއްވުން އެދެމެވެ.
އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައި ނުވާތީ އިޢުލާނު ނަންބަރު GS-178-IUL-2016-53 ބާޠިލުކުރެވުނު ވާހަކަ ދަންނަވަމެވެ.
20 ރަބީޢުލްއައްވަލް 1438