ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
ކުލާސްރޫމަށް ފަރުނީޗަރު ހޯދުމަށް

އިޢުލާން

ވަގުތީ ހަތަރު ކުލާސްރޫމަށް ފަރނީޗަރ ހޯދުމާބެހޭ:

މި ސުކޫލުގެ ހަތަރު ކުލާސްރޫމަށް ފަރނީޗަރު ހޯދުމަށް ކުރެވުނު ނަންބަރު: GS-107/2016/27(10 އޮކްޓޫބަރު 2016) އިޢުލާނަށް ބިޑު ހުށަހަޅާފައިވާ ފަރާތްތަކަކީ ވިޔަފާރި ރަޖިސްޓަރީ އޮތް ފަރާތްތަކަށް ނުވުމާއި، ބިޑުގައި ހިމަނަންޖެހޭ ޑޮކިޔުމެންޓުތައް ހަމަނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2016 ޖަނަވަރީ 02 ވާ ހޯމަދުވަހުގެ 10:00 ގައި މި ސުކޫލުގައެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2017 ޖަނަވަރީ 05 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި މި ސުކޫލުގައެވެ.

  • 120 ސެކަންޑަރީ ޑެސްކް

  • 120 ސެކަންޑްރީ ގޮނޑި

  • 4 ވައިޓްބޯޑު

  • 4 ޓީޗަރސް ޑެސްކް

  • 4 ޓީޗަރސް ގޮނޑި

  • 4 ކުލާސްރޫމް ކަބަޑު

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު، ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެ ފަދަ ލިޔުމެއް ގެންނަވަންވާނެއެވެ.

21 ރަބީޢުލްއައްވަލް 1438

20 ޑިސެންބަރު 2016
ހޯދާ