މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގދ.ތިނަދޫގައި ޢިމާރާތްކުރާ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ ޕޮއިންޓް ދެވުނު A ކެޓަގަރީގެ ވަގުތީ ލިސްޓު އިޢުލާންކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލުން

އިޢުލާން

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، ގދ. ތިނަދޫގައި ޢިމާރާތްކުރާ 120 ފްލެޓްގެ ތެރެއިން A ކެޓަގަރީގެ ދަށުން ގދ. ތިނަދޫ ރައްޔިތުންނަށް ޚާއްޞަކުރެވުނު 80 ފްލެޓަށް އެދި ހުށަހަޅާފައިވާ 618 ފަރާތުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ "ވަގުތީ ލިސްޓު" އާންމުކޮށް އެންގުމުގެ ގޮތުން އިޢުލާންކުރީމެވެ. އަދި މި ލިސްޓު މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢުކުރެވި، މި އިޢުލާން މި މިނިސްޓްރީގެ ނޯޓިސް ބޯޑުގައާއި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލާއި، ގދ. ތިނަދޫ ކައުންސިލުގެ އިދާރާގެ ނޯޓިސްބޯޑުގައާއި، ގދ.ތިނަދޫގައި ސަރުކާރުގެ އިޢުލާން ފަދަ ތަކެތި އިޢުލާންކުރުމަށް ބަހައްޓާ ތަންތަނުގައި، ބެހެއްޓިފައި ހުންނާނެއެވެ.

ވުމާއެކު، ވަގުތީ ލިސްޓަށް ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހެޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ލިޔުމުން ސިޓީއުރައެއްގައި (ސިޓީއުރައިގެ ބޭރުގައި "ގދ. ތިނަދޫގެ A ކެޓަގަރީގެ ފޯމުތަކާގުޅޭ" ޖެއްސެވުމަށްފަހު) މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް، 2017 ޖަނަވަރީ 5 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ދާއިމީ ލިސްޓު އިޢުލާންކުރެވޭނީ، ވަގުތީ ލިސްޓަށް ހުށަހެޅޭ ޝަކުވާއާ ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާ ގުޅިގެން، ވަގުތީ ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.

ގދ. ތިނަދޫ A ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ 618 ފަރާތުގެ ފޯމުގައި ބަޔާންކުރައްވާފައިވާ ގޯތިގެދޮރާއި ގުޅުންހުރި މަޢުލޫމާތު ގދ. ތިނަދޫ ކައުންސިލާއި އަދިވެސް ގުޅުންހުރި އިދާރާތަކުން ސާފުކުރުމަށްފަހު، ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ގެންނަންޖެހޭ ބަދަލެއްވާނަމަ، އެ ބަދަލެއް ގެނެވޭނެކަންވެސް އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

22 ޑިސެންބަރު 2016
ހޯދާ