މިލަދުންމަޑުލު އުތުރުބުރީ ފީވަކު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހައުސްކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ހައުސްކީޕަރ

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް 1

މަޤާމުގެ ރޭންކް: އެސް އެސް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

މިލަދުންމަޑުލު އުތުރުބުރީ ފީވަކު މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ޖުޑީޝަލް އެލަވަންސް:

މަހަކު -/620 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/2550 ރުފިޔާ

ޢިނާޔަތްތައް:

އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

އަސާސީ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން އިންޓަވިޔުގައި ސާބިތުކޮށްދިނުން.

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. އިމާރާތާއި، ގޯތިތެރެއާއި، އިންވެގެންވާ މަގުތަކާއި ގޯޅި ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

2. ކޯޓުއިމާރާތުގެ އެތެރެއާއި، ފަރުނީޗަރާއި، މެޝެނަރީތައް ފޮޅައި ސާފުކޮށް ބެލެހެއްޓުން.

3. މެޖިސްޓްރޭޓް ކޯޓުން ރަސްމީ ފަރާތްތަކަށާއި، އާންމު ފަރާތްތަކަށް ރައްދުކުރަންޖެހޭ އެންމެހައި ތަކެތި ރައްދުކުރުން.

4. މެޖިސްޓްރޭޓް ކޯޓަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި އަގުބެލުން.

5. މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރެވޭ މީހުން ބެލެހެއްޓުން.

6. މެޖިސްޓްރޭޓް އަންގަވާ ރަސްމީ ކޮންމެ މަސައްކަތެއް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

2. މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ، ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓާއި، މަސައްކަތުގެ ތަޖުރިބާއަށާއި، އިންޓަވިއު ކުރުމަށް ފަހުގައެވެ. އިންޓަވިއު އޮންނަ ތާރީޚާއި ގަޑި އެންގޭނެއެވެ.

 

 

ޝަރުޠު ހަމަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ކޯޓުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އޮރިޖިނަލާއި ކޮޕީއާއެކު)

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކުރާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، 2017 ޖަނަވަރީ 3 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ށ. ފީވަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، 6540664 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

15 ރަބީޢުލްއައްވަލް 1438

14 ޑިސެންބަރު 2016
ހޯދާ