އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
މަރާމާތު ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަރާމާތުތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

މި ސްކޫލުގެ ނަންބަރު GS124/IUL/2016/45 (05 ޑިސެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އަލުން އެ ފުރުޞަތު ހުޅުވާލި ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  • ސްޓާފްރޫމާއި އޮފީސް އިމާރާތުގެ ތިނބީގެ ދަށުން ފެން ފޭބުން ހައްލުކުރުމާއި ސީލިންގުގައި ހަލާކުވެފައިވާ ފިލާތައް ބަދަލުކުރުން

  • އޮފީހާއި ސްޓާފްރޫމް ހިމެނޭ ޢިމާރާތާއި 5 ކުލާސްރޫމް ހިމެނޭ އިމާރާތުގެ ކޮޅުފިލާ ބަދަލުކުރުން

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 28 ވާ ބުދަދުވަހުގެ 13:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 03 ވާ އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ސްކޫލަށް ދުރުވެދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބު ގަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އިތުރު ވަގުތުތަކުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ. ނަމަވެސް، މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންނަމަ 6580002 ނަންބަރާ ގުޅުއްވުމުން އެ މަޢުލޫމާތު ދެވޭނެއެވެ.

20 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016
ހޯދާ