މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗުގެ ސަތަރިއާއި، ސީޓުތަކުގެ ކަވަރު ބަދަލުކުރުމަށް

އިޢުލާން

މި އިދާރާގެ ލޯންޗް "މަތިފަޅު" ގެ ސަތަރިއާއި، ސީޓުތަކުގެ ކަވަރު ބަދަލުކުރުމަށް ކުރެވުނު ނަންބަރު: (IUL)236-IED/236/2016/35 (07 ޑިސެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ހާޒިރުވެގެން ނުވަތަ ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 04 ވާ ބުދަދުވަހުގެ 13:00 ގައި މި އިދާރާއަށް އީ.މެއިލުން ނުވަތަ ސިޓީއުރައެއްގައި ބަންދުކުރައްވައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނީ [email protected]  ، [email protected] އަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތެއްގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 7612483 ނުވަތަ 9994828 ނަންބަރު ފޯނާއެވެ.

މާރކްސްދެވޭ ކުރައިޓީރިއާ

މާރކްސް ދެވޭ ގޮތް

ތަފްސީލް

ފޯމިއުލަރ

އަގު

50%

  • ޚިދުމަތުގެ އަގަށް ދޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ ލިޔުންތަކަށް ބަލައި އެންމެ ކުޑަ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

 

(Benchmark Price / Submitted Price) x Allocated Percentage

ފަންނީ  ތަޖުރިބާ

30%

  • ޚިދުމަތް ދިނުމުގައި ފަންނީ ތަޖުރިބާއަށް ދޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން މިކަމާގުޅޭގޮތުން ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ބަލައި މި ބާވަތުގެ މަސައްކަތް އެންމެ ގިނައިން ކޮށްފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މަސައްކަތެއްގެ މެދުގައި ލިބޭ % ހުރިހާ މަސައްކަތެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނައިން މިބާވަތުގެ މަސައްކަތް ކޮށްފައިވާ ފަރާތަކަށެވެ.

 

(Submitted experience / Benchmark experience) x Allocated Percentage

މާލީ ތަނަވަސްކަން

10%

  • މާލީ ތަނަވަސްކަމަށްދޭ މާކްސް
  • މާކްސް ދެވޭނީ މި އިދާރާގެ އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅުއްވާފައިވާ މާލީ ތަނަވަސްކަން އަންގައިދޭ ލިޔުންތަކުގެ މައްޗަށް ބަލައި، އަމިއްލަ ޚަރަދުގައި އެންމެ އަގުބޮޑުކޮށް ކޮށްފައިވާ މަސައްކަތް ނުވަތަ މަސައްކަތްތައް ބެންޗްމާކެއްކަމުގައި ބަލައިގެން  ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަދަދެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އަމިއްލަ ޚަރަދުގައި އެންމެ ބޮޑު އަގެއްގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށެވެ.

 

(Submitted Financial capability / Benchmark Financial capability) x Allocated Percentage

މުއްދަތު

10%

  • މުއްދަތަށް ދޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ އިވެލުއޭޝަން ކޮމިޓީއިން ފާސްވާ ފަރާތްތަކުން މަސައްކަތް ނިންމުމަށް ހުށަހަޅުއްވާފައިވާ މުއްދަތުތައް ބަލައި އެންމެ ކުރު މުއްދަތު ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

 

(Benchmark Period / Submitted Period) x Allocated Percentage

 21 ރަބީޢުލްއައްވަލް 1438

20 ޑިސެންބަރު 2016
ހޯދާ