ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މަޤާމް: |
މަސައްކަތު |
ބޭނުންވާ އަދަދު: |
3 (ތިނެއް) |
މަޤާމުގެ ރޭންކް: |
އެސް. އެސް. 1 |
މަޤާމުގެ ކުލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
މަޤާމުގެ ގިންތި: |
ދާއިމީ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އިރުޝާދިއްޔާ ސްކޫލް |
މުސާރަ: |
މަހަކު -/3،100 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/1،000 ރުފިޔާ |
އިތުރުގަޑީގެ ފައިސާ: |
އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަޤާމުގެ ޝަރުޠު: |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
1. ކްލާސްރޫމްތަކުގެ ފަންކާތަކާއި، ކުޑަދޮރުތަކާއި، ހޮޅިބުރިތައް، ފޮހެ ސާފުކޮށް ބެލެހެއްޓުން. 2. ސްކޫލުގެ ގޯތިތެރެއިން ކުނިކެހުމަށް ހަވާލުކުރެވޭ ސަރަހައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން. 3. ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ކިޔެވުން ނިމުމުން، ކްލާސްރޫމްތައް ކުނިކަހައި، ޑެސްކްތަކާއި ގޮނޑިތައް ފޮހެ ސާފުކޮށް ބެލެހެއްޓުން. 4. ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ކިޔެވުން ނިމުމުން، ސްކޫލުގެ ފާޚާނާތައް ދޮވެ، ސާފުކޮށް ބެލެހެއްޓުން. 5. ސްކޫލުގެ ގޯތިތެރެއަށް ފެންޖެހުން. 6. އިމްތިޙާނުތަކަށް ހޯލު ތައްޔާރުކުރުން. 7. ސްކޫލުގެ އެކިއެކި ރަސްމިޔާތުތަކަށް ސްކޫލް ތައްޔާރުކުރުމުގައި އެހީތެރިވުން. 8. ހަވާލުކުރެވޭ ސަރަހައްދުގައި ގަސް އިންދުމާއި، ގަސްތަކަށް ފެންދިނުމާއި، ގަސްކޮށައި ބެލެހެއްޓުން. |
ވަޒީފާއަށް ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން: |
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް. - މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު. - ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު. |
އިންޓަވިއުކުރުން: |
- މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިޔު އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 2 ދުވަހުގެ ތެރޭގައި އިރުޝާދިއްޔާ ސްކޫލުގެ އޮފީހުގައެވެ. އިންޓަވިޔު ބާއްވާނެ ތާރީޚާއި ވަގުތެއް އެންގޭނެއެވެ. - މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ. |
ޝަރުޠު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި: |
1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، އިރުޝާދިއްޔާ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 5- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، އިރުޝާދިއްޔާ ސްކޫލުގެ އޮފީހަށެވެ. - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖެނުއަރީ 4 ވާ ބުދަ ދުވަހުގެ 14:00 އެވެ. |
ނޯޓު: |
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އިރުޝާދިއްޔާ ސްކޫލުގެ 6891618 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
23 ރަބީޢުލްއައްވަލް 1438