ދިވެހިރާއްޖެ
އިޢުލާން
ތުލުސްދޫ އިޖްތިމާޢީ މަރުކަޒުގެ ކޮޓަރިތައް މަރާމާތުކުރުން
ތުލުސްދޫ އިޖްތިމާޢީ މަރުކަޒުގެ ކޮޓަރިތައް މަރާމާތު ކުރުމަށް 11 އޮކްޓޫބަރު 2016 މި ތާރީޚުގައި ކުރެވުނު ނަންބަރު (IUL)333/333/2016/64 އިޢުލާނާ ގުޅިގެން އެ މަސައްކަތް ކޮށްދިނުމަށް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 25 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މި އިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖަނަވަރީ 04 ވާ ބުދަ ދުވަހުގެ 13:30 އަށް މި އިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނެތް ވާހަކަ ދެންނެވީމެވެ.
19 ރަބީޢުލްއައްވަލް 1438