އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ދަރިވަރުންގެ ޕްލޭއޭރިޔާ ސަން ނެޓް ދެމުން

އިޢުލާން

އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ދަރިވަރުންގެ ޕްލޭއޭރިޔާ ސަން ނެޓް ދެމުން

މި މަދަރުސާއިން ދައްކާ ނަމޫނާއާ އެއްގޮތަށް އެލް.ކޭ.ޖީ. އަދި ޔޫ.ކޭ.ޖީ ގެ ދަރިވަރުންގެ އައުޓް ޑޯރ ޕްލޭއޭރިޔާ ސަން ނެޓް ދަމައިގެން ހިޔާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 2 ވާ ހޯމަދުވަހުގެ 10:00 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 05 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ކަނޑައިބެލުމުގެ ބައްދަލުވުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ވަގުތުގައެވެ. މި ބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި އެހެން ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މި މަދަރުސާ އިން ދޭ ފޯމެޓާ އެއްގޮތަށް ކަމުގައިވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލްގެ ނަންބަރު 6780572 ފޯނާ ގުޅުއްވުން އެދެމެވެ.

އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައި ނުވާތީ އިޢުލާނު ނަންބަރު GS-178-IUL-2016-50 ބާޠިލު ކުރެވުނު ވާހަކަ ދަންނަވަމެވެ.

20 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016
ހޯދާ