މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުވައްޒަފުންނަށާއި ޤައިދީންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
މުވައްޒަފުންނާއި ޤައިދީންނަށް ކައްކައި ކާންދިނުމާ ބެހޭ
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ ތިލަފުށީ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ޤައިދީންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
29 ޑިސެންބަރު 2016 |
ބުރާސްފަތި |
10:00 |
އަންދާސީހިސާބު ހުށަހެޅުން |
05 ޖަނަވަރީ 2017 |
ބުރާސްފަތި |
14:00 |
22 ރަބީޢުލްއައްވަލް 1438
22 ޑިސެންބަރު 2016
ހޯދާ