މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވިލިނގިލީ އަވަށުން މި މިނިސްޓްރީއަށް ލިބިފައިވާ ބިމުގައި، މި މިނިސްޓްރީއާ ގުޅިގެން ވެޓެރިނަރީ ކްލިނިކެއް ހެދުމާބެހޭ

އިޢުލާން

ދިވެހިރާއްޖޭގައި ގިނަ އަދަދަކަށް ދޫނި، ބުޅާ ފަދަ ޕެޓްސްއާއި އެހެނިހެން ބާވަތްބާވަތުގެ ޖަނަވާރުގެ ގެންގުޅުން ދަނީ އިތުރުވަމުންނެވެ. އަދި މިފަދަ ތަކެއްޗަށް ޖެހޭ ބަލިތައްވެސް އިތުރުވަމުންދާކަން ވަނީ މި މިނިސްޓްރީއަށް ފާހަގަކުރެވިފައެވެ. މި ތަކެތި ގެންގުޅޭ ތަންތަނަކީ ބައެއްފަހަރު ކަމަށް އެކަށޭނަ ތަންތަން ނޫންކަމުގައި ވުމާއި، އެ ތަކެތި ގެންގުޅުމުގައި ޢަމަލުކުރެވޭ ގޮތުން އެ ތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތައްވެސް ދަނީ އިތުރުވަމުންނެވެ. ވުމާއެކު ޕެޓްސްއާއި، ޖަނަވާރު ގެންގުޅޭ ފަރާތްތަކަށް އެ ތަކެތި ރަނގަޅުގޮތުގައި ގެންގުޅުމަށް  ބޭނުންވާ، މި މިނިސްޓްރީން ދެވޭ ވެޓެރިނަރީ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވެއެވެ. މިގޮތުން ވެޓެރިނަރީ ސަރވިސް ކްލިނިކެއް ގާއިމުކުރުމަށް މި މިނިސްޓްރީން ވަނީ ގަސްތުކޮށްފައެވެ. ވީމާ، ވިިލިނގިލީ އަވަށުން މި މިނިސްޓްއަށް ރަޖިސްޓަރީކޮށްދީފައިވާ ބިމުގައި، މި މިނިސްޓްރީއާ ގުޅިގެން ވެޓެރިނަރީ ކްލިނިކެއް ގާއިމުކުރަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކާއެކު އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުޞަތު މި މިނިސްޓްރީން ހުޅުވައިލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުން 2016 ޑިސެންބަރު 29 ވަނަ ދުވަހުގެ 13:00 ގައި ވެލާނާގޭ 7 ވަނަ ފަންގިފިލާގައި އޮންނާނެއެވެ. އަދި ވެޓެރިނަރީ ކްލިނިކް ގާއިމުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 19 ވަނަ ދުވަހުގެ 13:00 ގައި މި މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ. އަދި މަޢުލޫމަތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

22 ރަބީޢުލްއައްވަލް 1438

21 ޑިސެންބަރު 2016
ހޯދާ