ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އޮފީހުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމް: އެސިސްޓެންޓް ކްލަޔަންޓް ރިލޭޝަންސް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: މަހަކު -/7،500 ރުފިޔާ
އެލަވަންސް: ނޮންޕްރެކްޓިސް އެލަވަންސްގެގޮތުގައި މަހަކު ގިނަވެގެން -/2،500 ރުފިޔާއާއި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެގޮތުގައި -/50 ރުފިޔާ، މި އޮފީހުގެ ބޯޑުން ނިންމާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދެވޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު:
1. ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި ހަޔަރ ސެކަންޑްރީ ސްކޫލް ސެޓުފިކެޓު (އެޗް.އެސް.ސީ) އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. (މާކެޓިންގ، ކޮމިޔުނިކޭޝަންސް ނުވަތަ ސޭލްސް އެންޑް މާކެޓިންގ ފަދަ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
2. ކަސްޓަމަރ ސަރވިސް ނުވަތަ ކަސްޓަމަރ ރިލޭޝަންސް ފަދަ ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލުކޮށްފައިވުން (ކޯލް ސެންޓަރު ފަދަ ތަނެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
3. ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން ރަނގަޅަށް އެނގުން.
4. ދިވެހިބަހާއި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޑިސެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި، މި މަޤާމުގެ ވަޒީފާ ބަޔާން މި އޮފީހުގެ www.pension.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އިންޓަވިއު:
މި މަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް:
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
8 ވަނަ ފަންގިފިލާ، ޢުމަރު ޝޮޕިންގ އާކޭޑް، ޗާނދަނީމަގު، މާލެ
ފޯން: 1441
އީމެއިލް: [email protected]
21 ރަބީޢުލްއައްވަލް 1438