ދިވެހިރާއްޖެ
އިޢުލާން
އާންމު ޚިދުމަތްތަކާބެހޭ ބައި، ވިލިގިނލީ ޔުނިޓުގެ ޢިމާރާތް، މި މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)138-AS6/1/2016/247 އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅަން ވަޑައިގެންފައިވަނީ ދެ ފަރާތުން ކަމުގައިވާތީ އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 26 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެމްބަރު 29 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
މި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 4353-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
19 ރަބީޢުލްއައްވަލް 1438