ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
މަަރުކަޒުގެ ކިޔަވައިދިނުމައި، އެކަޑަމިކް ޕްރޮގްރާމުތަކަށް އެހީވެދޭނެ ފަންނީ ލަފާދާރަކު ހޯދުމަށް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ހިންގާ ކޯސްތަކުގައި ކިޔަވައިދިނުމާއި، އެކަޑެމިކް ޕްރޮގްރާމްތަކަށް އެހީވެދޭނެ ފަންނީ ލަފާދާރަކު ހޯދަން ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު:  2

މުއްދަތު: ކޮންޓްރެކްޓު އުސޫލުން 1 (އެކެއް) އަހަރުދުވަސް

އުޖޫރަ:

- ފަންނީ ލަފާދިނުމާއި މަރްކަޒުން ކުރިއަށް ގެންދާ އެކަޑެމިކު ޕްރޮގުރާމުތަކުގައި އެހީތެރިކަން ދިނުން ގަޑިއަކަށް 100 (އެއްސަތޭކަ) ރުފިޔާ.

ޝަރުޠު:

- އެމް.އެން.ކިޔޫ.އެފް ލެވެލް 7 ން ފެށިގެން މަތީ ސަނަދެއް ގުޅޭދާއިރާއިން ޙާޞިލްކޮށްފައިވުން.

- މަރްކަޒަށް ފަންނީ އެހީ ބޭނުންވާ ދާއިރާތަކުގައި މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ހުރުން. 

- ޤައުމީ ފެންވަރުގެ ޤުރްއާން މުބާރާތްތަކެއްގައި ފަނޑިޔާރުކަން ކޮށްފައިވުން.

- މަރްކަޒުން ދޭ ބަސްދީގަތުމުން ފާސްވުން. 

ވީމާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 13.30 ގެ ކުރިން ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ (އެޓެސްޓު ކުރެވިފައިވާ) ކޮޕީއާއި ވަނަވަރާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެކު ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ސިޓީ ފޮނުވުން އެދެމެވެ. މި މަސައްކަތަށް މީހުން ހޮވުމުގައި ޢަރަބިބަސް ދަންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

20 ރަބީޢުލްއައްވަލް 1438

20 ޑިސެންބަރު 2016
ހޯދާ