ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޢިމާރާތާއި ގޯތިތެރެ ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުން

އިޢުލާން

މި އޮފީހުގެ ބ. އަތޮޅު ގޮފި ހިނގަމުންދާ ޢިމާރާތާއި، ގޯތިތެރެ ފޮޅައި ސާފުކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 ޑިސެންބަރު 28 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮފީހުގެ ބ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖަނަވަރީ 04 ވާ ބުދަދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު، މި އޮފީހުގެ ބ. އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

މި އޮފީހުގެ ބ. އަތޮޅު ގޮފި ހިނގަމުންދަނީ ބ. އޭދަފުށީ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ މަލްޓިޕާރޕަސް ޢިމާރާތުގެ ތެރޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު: 3003260 ފޯނާ ނުވަތަ ބ. އަތޮޅު ގޮފީގެ ނަންބަރު: 6608501 ފޯނާ ގުޅުއްވުން އެދެމެވެ.

20 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016
ހޯދާ