މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން
ދިވެހިރާއްޖެ
މަދަރުސާގެ ގޭޓް ހަދައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި މަދަރުސާގެ ދަރިވަރުންގެ ގޭޓާއި، ސެކިއުރިޓީ ގޭޓާއި، ސްޓާފް ގޭޓާއި، ސެކިއުރިޓީ ޕޯސްޓާއި، ފާރުމަތީ ފެންސް ހަދައިދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހު 11.00 އަށް މި މަދަރުސާގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 11 ވާ ބުދަދުވަހު 11.00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސބާ ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން މި މަދަރުސާއިން ކުރިން ކޮށްފައިވާ ނަންބަރު GS48/2016/22 (16 އޮކްޓޫބަރު 2016) އިޢުލާނު ވަނީ ބާޠިލުކުރެވިފައެވެ.

19 ޑިސެންބަރު 2016
ހޯދާ