މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެސިސްޓެންޓް ލެކްޗަރަރ ގްރޭޑް 1 (ކޮންޓްރެކްޓް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް ޕޮލިޓެކްނިކަށް، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް: އެސިސްޓެންޓް ލެކްޗަރަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (1 އަހަރުދުވަސް)

މަޤާމުގެ ރޭންކް: އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ: މަހަކު -/6،295 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/3500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ވަޒީފާ އަދާކުރަންޖެހޭ ދާއިރާ: ރެފްރިޖަރޭޝަން

ރަސްމީ ގަޑި: ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ސްކޫލް އޮފް މެކޭނިކަލް އެންޖީނިއަރިންގ / މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މޯލްޑިވްސް ޕޮލިޓެކްނިކުގައި ހިންގާ ކޯސްތަކުގައި ކިޔަވައިދިނުން. އެގޮތުން:

1. ޓޭބަލްކުރެވޭ ގަޑިއާއި، ބަދަލުގައި ނަގަންޖެހޭ ގަޑިއާއެކު، ހަފްތާއަކު މަދުވެގެން 20 ގަޑިއިރު ކިލާސްތަކުގައި ކިޔަވައިދިނުމާއި، ޓިއުޓޯރިއަލްއާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވާރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި، ކްލިނިކަލް ސެޝަންތައް ހިންގުން.

2. ކިޔަވައިދިނުމާއި ފިލާވަޅު ތައްޔާރުކުރުމުގައި ރަސްމީގަޑީގެ ވަގުތު އެކަމަށް ހޭދަކުރުމާއި، ތިރީގައިވާ މައިގަނޑު ކަންތައްތައް ކުރުން.

ހ. އައު މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙްކުރުން.

ށ. ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.

ނ. މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް، ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށްފައި ކޯޑިނޭޓަރާ ހަވާލުކުރުން.

ރ. އިމްތިޙާނަށްފަހު ހަވާލުކުރެވޭ ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި ސާފުކޮށް ކޯޑިނޭޓަރާ ހަވާލުކުރުން.

ބ. ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައިގެން އެކަމަށް މަސައްކަތް ކުރުން.

3. މަރުކަޒާއި ޑިޕާޓްމަންޓުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، ކޮމިޓީތަކުގައި މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި،  ޖޫނިއަރ ސްޓާފުންގެ ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް އެހީތެރިވެދިނުން.

4. ހަމަޖެހިފައި އޮންނަ އުސޫލުތަކާ އެއްގޮތަށް ޑިޕާޓްމަންޓަށް ނިސްބަތްވާ ތަންތަނުގެ އިކްވިޕްމަންޓާއި ކިޔަވައިދިނުމަށް ހޯދޭ ފޮތްތައް ބަލަހައްޓަމުން ގެންދޭތޯ ބެލުން.

5. ޑިޕާޓްމަންޓަށް ނިސްބަތްވާ ކޯސް/ސަބްޖެކްޓް ކޯޑިނޭޓްކުރުން.

6. ރާއްޖޭގައި ހިނގޭ މޮބައިލް ޓްރޭނިނގް ކޯސްތައް ރާވައި ހިނގުން.

7. އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިޢުކުރުމަށް މަސައްކަތް ކުރުން.

8. ޕޮލިޓެކްނިކްގެ ދަރިވަރުންނާ ގުޅޭ ކޯކަރިކިއުލަރއާއި އެކްސްޓްރާ ކަރިކިއުލަރ އެކްޓިވިޓީތައް ރާވައި ހިންގުމުގައި އެހީތެރިވުން.

9- ދަރިވަރުންގެ އަޚްލާޤާއި އުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމަށާއި ޖިސްމާނީ ދުޅަހެޔޮކަމަށް އަޅާލުން.

10- ޕޮލިޓެކްނިކްގެ ކަންތައްތައް ރަނގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައިގެން އަމިއްލަގޮތުންވެސް މަސައްކަތް ކުރުން.

11- މަޤާމާ ގުޅޭގޮތުން ޕްލިޓެކްނިކުން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠު:

1. ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

2. ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަމްރީން ދިނުމުގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3. ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަމްރީން ދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

4. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، އެމް. އެސް. 1 ގެ ރޭންކުގެ ތަމްރީން ދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ- މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 4 ޖަނަވަރީ 2017 އާއި 12 ޖަނަވަރީ 2017 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހެޅިފައިވާ ސެޓުފިކެޓުތަކުގެ އަސްލާއި، ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ އަސްލުކޮޕީ ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ތަމްރީންތަން ލިބިފައިވާ ލިޔުންތަކުގެ ކޮޕީ.

2. ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ފެންނަ، އެ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ.މެލް އެޑްރެހާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މޯލްޑިވްސް ޕޮލިޓެކްނިކް (ގ. ރެހެންދި ހިނގުން، 1 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖަނަވަރީ 3 ވަނަ ދުވަހުގެ 14:00 އެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކުގެ 3305401 ނަންބަރު ފޯނަށް، ނުވަތަ 3305405 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 22 ރަބީޢުލްއައްވަލް 1438

21 ޑިސެންބަރު 2016
ހޯދާ