މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މަލްޓި މީޑިއާ ސްޕެޝަލިސްޓް

އިޢުލާން

 ވަޒީފާގެ ފުރުޞަތު:

މި މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު IUL)MMPRC-HR/1/2016/65) (8 ޑިސެންބަރު 2016) ގެ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމުގެ ނަން: މަލްޓި މީޑިއާ ސްޕެޝަލިސްޓް

މުސާރައާއި ޢިނާޔަތްތައް:

މުސާރަ: މަހަކު -/9,000 ރުފިޔާ

އެލަވަންސް: މަހަކު -/6,000 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛   

- މަލްޓިމީޑިއާގެ ދާއިރާގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. މި ކޯޕަރޭޝަނުގެ ސޯޝަލް އެންޑް ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ ސެކްޝަނުގެ އެންމެހައި މަސައްކަތްތައް ކުރިއަށްގެންދިއުން.

2. މި ކޯޕަރޭޝަނުގެ ސޯޝަލް ނެޓްވާކް ޕްރޮފައިލްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި، ޒިޔާރަތްކުރާ ފަރާތްތަކުން ޝައުޤުވެރިވާނެފަދަ ކެމްޕެއިންތައް ރާވައި ހިންގުން.

3. ސޯޝަލް މީޑިއާ ބޭނުންކޮށްގެން ބޭރުދުނިޔޭގައި ރާއްޖޭ އިޝްތިހާރުކުރުމަށްޓަކައި، އެންމެ އެކަށޭން ޕްލޭނެއް ތައްޔާރުކޮށް ހިންގުން.

4. މި ކޯޕަރޭޝަނުގެ ވެބްސައިޓުގެ އޯޑިއަންސަށް ކަމުދާނެފަދަ ތަފާތު ބައިތައް (ފޮޓޯ، ވީޑިއޯ، މަޢުލޫމާތު) ހިމަނައިގެން ވެބްސައިޓުގެ އެންމެހައި މަސައްކަތްތައް ރާވައި، ހިންގައި ބެލެހެއްޓުން.

- މި ކޯޕަރޭޝަނުގެ ފަރާތުން ޑިޒައިންކުރަން ބޭނުންވާ ތަކެތި ޑިޒައިންކުރުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 

2016 ޑިސެންބަރު 27 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މިބައިގައި މާކްސް ދެވޭނީ، އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.)

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5. ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ، ލިޔުން ހުށަހަޅާފައިވާނަމައެވެ.)

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންކަން:

1. މި މަޤާމަށް މީހުން ހޮވުމުގައި، ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

2. މި މަޤާމަށް މީހުން ހޮވުމުގައި، ދިވެހިބަހާއި އިނގިރޭސިބަހުގެ އިތުރުން އެހެން ބަސްތަކުން ލިޔަންކިޔަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިންޓަވިއު:

މި މަޤާމަށް އިންޓަވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 5 ފަރާތަކާއެވެ. ޝޯޓް ލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީއެއް ނުފޮނުވޭނެއެވެ.

ސިޓީ އެޑްރެސްކުރާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

:އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3323228 ނަންބަރު ފޯނަށެވެ.

21 ރަބީޢުލްއައްވަލް 1438

20 ޑިސެންބަރު 2016
ހޯދާ