ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މި ސްކޫލްގެ ނަންބަރު GS-176/IUL/2016/32 ވަނަ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނު ކުރީމެވެ.
2017 ވަނަ އަހަރު މި ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޑިސެންބަރު 2016 ވާ އާދީއްތަދުވަހުގެ ހެނދުނު 11:30 ގައި މި ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:30 ގައި މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ގެންނަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީނުކުރާ އެއްވެސް ފަރާތަކަށް ބައިވެރިނުވޭނެ ވާހަކަ މި ފުރުސަތުގައި ހަނދުމަފުޅުކޮށް އެރުވީމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ގެންދެވޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.