ދިވެހިރާއްޖެ
އިޢުލާން
ކުއްޔަށް ބިން ދޫކުރުމާބެހޭ:
ހޯލްސޭލް ވިޔަފާރިކުރުމަށާއި، ރީޓޭލް ވިޔަފާރި ކުރުމަށް މި ރަށުގެ ބަނދަރުގެ އިރުމަތީކޮޅު ތޮށިން 1200 އަކަފޫޓުގެ 4 ބިން ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ އިޢުލާން ނަންބަރު (IUL)343-AS/343/2016/111 ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. މިގޮތުން ކުއްޔަށް ދޫކުރާބިމުގެ ކުލި ފެށޭ އަގަކީ އަކަފޫޓަކަށް /1 ރ. ރޭޓުންނެވެ. މިގޮތުން ބިންކުއްޔަށް ދޫކުރެވޭނީ އަކަފޫޓަކަށް /1 ރުފިޔާއަށްވުރެ މަތިން ކުލި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ކުއްޔެއް ހުށަހަޅާ ފަރާތްތަކަށެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 20 އަހަރުދުވަހުގެ މުއްދަތަކަށެވެ.
ވީމާ، ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން 2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި ކައުންސިލުގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 28 ވާ ބުދަދުވަހުގެ 13:00 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 2016 ޑިސެންބަރު 28 ވާ ބުދަދުވަހުގެ 13:00 ގައި މި އިދާރާގައެވެ. މަތީގައި ދެންނެވިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިގެންނެވި ބޭފުޅުންނަށް ލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. މި ލިޔުމުގެ ބޭރުގައި "ބިން ކުއްޔަށް ހިފުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.