ދިވެހިރާއްޖެ
އިޢުލާން
ޖަލާލުއްދީން ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުމާ ބެހޭ:
2017 ވަނަ އަހަރުގެ ނިޔަލަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު: GS53/IUL/2016/34 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅީ ދެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އެ ފުރުޞަތު 3 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް (2017 ޖަނަވަރީ 1 ން 2017 ޑިސެންބަރު 31 ގެ ނިޔަލަށް) މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވާ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކުން 2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 11:30 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 26 ވާ ހޯމަދުވަހުގެ 11:30 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކަށެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
16 ރަބީޢުލްއައްވަލް 1438