ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ފާޚާނާތައް މަރާމާތުކުރުމާއި، ވަށާފާރުގައި ކުލަލުމުގެ މަސައްކަތްކުރުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

މި މަދަރުސާގެ ދަރިވަރުންގެ ފާޚާނާ ބްލޮކާއި، ސްޓާފުންގެ ފާޚާނާތައް މަރާމާތުކުރުމާއި، ވަށާފާރުގައި ކުލަލުމުގެ މަސައްކަތްކުރުމަށް ބޭނުންވެގެން މި މަދަރުސާއިން 3 ވަނަ ފަހަރަށް ކުރި ނަންބަރު GS-20/IUL/2016/26 (24 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

ހދ. އަތޮޅު މަދަރުސާގެ އޮފީސް

މަޢުލޫމާތު ސާފުކުރުން.

2016 ޑިސެންބަރު 27 ވާ އަންގާރަދުވަހުގެ 11:00 ގައި

އަންދާސީހިސާބު ހުށަހެޅުން.

2017 ޖަނަވަރީ 3 ވާ އަންގާރަދުވަހުގެ 13:00 ގައި

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ވިމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

20 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016
ހޯދާ