މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ނަރުހުން (ފުލްޓައިމް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީއާއި  މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހެކެވެ.  

މަޤާމު

ނަރުހުން (ފުލްޓައިމް)

އޮފީސް:

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ފިޔަވަތި، ހުޅުމާލެ)

ބޭނުންވާ ޢަދަދު

 2 (ދޭއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:  MS1

މުސާރަ

-/6295 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ފިޔަވަތި، ހުޅުމާލެ (ޝިފްޓް އުސޫލުން، ދުވާލަކު 8 ގަޑިއިރު)

ތަޢުލީމާއި ތަޖުރިބާ

  1. ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  2. ނުވަތު ރެޖިސްޓަރޑް ނާރސް އެއްގެ ގޮތުގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ފިޔަވަތީގައި ތިބޭ ކުދިންގެ ޞިއްޙީ ހާލަތު ދުވަހުން ދުވަހަށް މޮނިޓަރކޮށް، ކުދިންގެ ޞިއްޙީ ޙާލަތު ދެނެގަތުން. އަދި ކުދިންގެ މެޑިކަލް ހިސްޓްރީ ބެލެހެއްޓުން.
  2. ދުވަހުން ދުވަހަށް ޑޮކްޓަރަށް ދައްކަންޖެހޭ ކުދިން ފާހަގަކޮށް ސުޕަވައިޒަރުންނާއި، ކޭސް ވޯރކަރުންނަށް އިރުޝާދު ދިނުން.
  3. ކުދިންނަށް ދިމާވާ ޞިއްޙީ މައްސަލަތައް ފާހަގަކޮށް އިތުރު ފަރުވާ ބޭނުންވާ ކުދިން ޑޮކްޓަރަށް ދެއްކުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް، ސުޕަވައިޒަރުން މެދުވެރިކޮށް ކުރުން.
  4. ދުވަހުން ދުވަހަށް ކުދިންނަށް ދޭންޖެހޭ ބޭސް ގަވާއިދުން ދިނުމަށް ކުދިން ބަލަހައްޓާ މުވައްޒަފުންނަށް އިރުޝާދު ދިނުމާއި، ގަވާއިދުން ބޭސް ދެމުން ދޭތޯ ބަލައި ޗެކުކުރުން.
  5. ސިއްޙީ ގޮތުން ޚާއްޞަ ސަމާލުކަން ދޭންޖެހޭ ކުދިން ފާހަގަކޮށް އެ ކުދިންގެ ހާލަތު އަވަސް އަވަހަށް މޮނިޓަރކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. އަދި ހޮސްޕިޓަލަށް ގެންދަންޖެހޭ ފަދަ ހާލަތަކަށް ކުއްޖަކު ގޮސްފިނަމަ ލަސްނުކޮށް އެންމެ ކައިރި ހޮސްޕިޓަލަކަށް ގެންދިއުން.
  6. ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ ކުދިން ކައިރިއަށް ޒިޔާރަތްކޮށް ޑިސްޗާޖް ކުރުމުގެ ކުރިން ހާލަތު އޮޅުން ފިލުވުން. އަދި ޑިސްޗާޖް ކުރުމުން ޑިސްޗާރޖް ސަމަރީ ރަނގަޅަށް ރިވިއުކޮށް ސުޕަވައިޒަރާއި، ކުދިން ބަލަހައްޓާ މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި މަޢުލޫމާތު ފޯރުކޮށްދިނުން.
  7. ހޮސްޕިޓަލުން އަލަށް ފިޔަވައްޗަށް ގެނެވޭ ކުދިންގެ މެޑިކަލް ހިސްޓްރީއާއި ޑިސްޗާޖް ސަމަރީ ރަނގަޅަށް ރިވިއުކޮށް ސުޕަވައިޒަރުންނާއި ކޭސްވޯރކަރުންނަށް އިރުޝާދު ދިނުން.
  8. ގައިންގަޔަށް އަރާ އެއްވެސް ބައްޔެއް ފިޔަވަތީގެ ކުއްޖަކަށް ޖެހިއްޖެނަމަ، ކުދިންގެ ރައްކާތެރިކަމަށްޓަކައި ފިޔަވަތީގެ މެނޭޖްމަންޓާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  9. މަހަކު އެއްފަހަރު ފަސްއަހަރުން ދަށުގެ ހުރިހާ ކުދިން ހެދިބޮޑުވާ ގޮތް (ބަރުދަން، އިސްކޮޅު) ބަލައި ރެކޯޑްކުރުން.
  10. ވެކްސިންދޭންޖެހޭ އުމުރުގެ ކުދިންނަށް ގަވާއިދުން ވެކްސިން ދީ ރެކޯޑް ބެލެހެއްޓުން.
  11. ރާއްޖެއިން ބޭރަށް ފަރުވާހޯދަން ގެންދަންޖެހޭ ކުދިންގެ މެޑިކަލް ޑޮކިއުމަންޓްތައް ހިއްސާ ކުރަންޖެހޭ ފަރާތްތަކަށް ހިއްސާކޮށް އެ ކުދިންގެ ފަރުވާ ކުރިއަށް ގެންދާގޮތް މޮނީޓަރކުރުން. އަދި އެފަދަ ކުދިންނާއެކު ރާއްޖެއިން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި އެހީތެރިއެއްގެ ގޮތުން ދިއުން.
  12. ޞިއްޙީ ގޮތުން ކުދިންނަށާއި ކުދިން ބަލަހައްޓާ މުވައްޒަފުންނަށް ދޭންޖެހޭ މަޢުލޫމާތުތައް ދެނެގަނެ، އެކަމަށް އެކަށީގެންވާ ސެޝަންތައް ނަގައިދިނުން.

ޢިނާޔަތްތައް

- ރިސްކް އެލަވަންސް މަހަކު، -/2500 ރުފިޔާ

- ސާރވިސް އެލަވަންސް މަހަކު -/2500 ރުފިޔާ

ނޮންޕްރެކްޓިސިންގ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://gender.gov.mv ގެ ވެބްސައިޓުންނާއި، އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)

4. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމާއި، ރޭންކާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

8. ވަޒީފާއެއްގައި އުޅޭނަމަ، އެތަނެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

9. ރަޖިސްޓާރޑް ނަރުހެއްކަން އަންގައިދޭ ލިޔުމުގެ ކޮޕީ

ސުންގަޑި

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ހުޅުމާލޭގެ "ފިޔަވަތި" (ކަނީރުމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޑިސެންބަރު 27 ވާ ބުރާސްފަތިދުވަހުގެ 10:00 އެވެ. 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނީ، 2016 ޑިސެންބަރުމަހާއި، 2017 ޖަނަވަރީމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

- ޝިފްޓް އުސޫލުން އެކި ދަންފަޅީގައި މަސައްކަތްކުރެވޭނެ ފަރާތްތައް.

- ކުދިން ބެލެހެއްޓުމުގައި ތަޖުރިބާ ލިބިފައިހުރި ފަރާތްތައް.

- މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027529 ނަންބަރު ފޯނަށެވެ.

15 ޑިސެންބަރު 2016
ހޯދާ