އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޓެންޑެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަޤާމުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވައިލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

އެޓެންޑެންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ރޭންކް:

SS2

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މަސައްކަތްތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

މަޤާމު އޮތް ތަން:

އއ. އަތޮޅު ހޮސްޕިޓަލް/ އއ. ރަސްދޫ

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން:

އއ. އަތޮޅު ހޮސްޕިޓަލް/ ނަރސަސް ސްޓޭޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ހޮސްޕިޓަލުގެ ވޯޑްތަކާއި، ފާޚާނާތަކާއި، ބޭސްއަޅާ ކޮޓަރިއާއި، ލޭބަރ ރޫމާއި، ތިއޭޓަރާއި، ލެބޯޓްރީއާއި އެހެނިހެން ކްލިނިކަލް އޭރިޔާގައި ބޭނުންކުރެވޭ އެންމެހައި ފަރުނީޗަރާއި މެޝިނަރީޒް ފަދަ ތަކެތި ކޮންމެ ޑިއުޓީއެއްގައި ސާފުކޮށް ބެލެހެއްޓުން.

2. ބަލިމީހުންނަށް ބޭނުންކޮށް ހަޑިވާ ތަކެތި (ބެޑްޝީޓް، ރަބަރޝީޓް، ހޮސްޕިޓަލް ލިނަން) ޑިއުޓީގެ ވަގުތުގައި ދޮވެ ސާފުކޮށް ބެލެހެއްޓުން.

3. ހޮސްޕިޓަލުގައި ބޭނުންކުރެވޭ ބެޑްޕޭން، ޓްރޭ، ހޮޑުލާތަށި ފަދަތަކެތި ސާފުކޮށް ބެލެހެއްޓުން.

4. ހޮސްޕިޓަލުގެ އެތެރެއާއި ބޭރު ސާފުކޮށް ބެލެހެއްޓުން.

5. ލެބޯޓްރީގައި ބޭނުންކުރެވޭ އެންމެހައި ތަކެތި ދޮވެ ސާފުކޮށް ބެލެހެއްޓުން.

6. އެނދުތަންމަތި އެޅުމުގައި ޢަމަލީގޮތުން ބައިވެރިވެ، އެ މަސައްކަތް ކުރުން.

7. ޕޯޓަރުންގެގޮތުގައި ބަލިމީހުން އުފުލުން.

8. ލޭބަރރޫމް، އޯޓީ، ޑްރެސިންގ ރޫމުގައި ބޭނުންކުރެވޭ ތަކެތި އޮޓޯކްލޭވްކުރުމުގައި ނަރުހުންނަށް އެހީތެރިވެދިނުން.

9. ހޮސްޕިޓަލުގައި ބޭނުންކުރެވޭ އެންމެހައި އިންސްޓްރޫމެންޓް ދޮވެ ސާފުކޮށް ރަނގަޅަށް ބަލަހައްޓަމުން ގެންދިއުން.

10. ނަރުހުންނަށް އެހީތެރިކަންދީ، ނަރުހުން އަންގާ ގޮތެއްގެމަތީން ވޯޑްތެރޭގައި މަސައްކަތް ކުރުން.

11. ގޯޒް/ ކަފަ ހަދައިދިނުމުގައި ޢަމަލީގޮތުން އެހީތެރިވުން.

12. ކަނޑައެޅިފައިވާ ޑިއުޓީ ރޯސްޓާއާ އެއްގޮތަށް ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރަމުން ގެންދިއުން.

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ("ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" މި ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، ވަޒީފާއަށް އެދޭފޯމު ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ، 2017 ޖަނަވަރީ 2 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މި ހޮސްޕިޓަލްގެ އިދާރީ ސެކްޝަނަށް.

- މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

- ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއުކުރުން އޮންނާނީ، މި ހޮސްޕިޓަލުގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2017 ޖަނަވަރީމަހުގެ ތެރޭގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަބަރަކީ، 6660645 އެވެ.

19 ރަބީޢުލްއައްވަލް 1438

18 ޑިސެންބަރު 2016
ހޯދާ