އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-285875

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (24 މަސްދުވަސް)

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މުސާރަ:

މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1،500 ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް/އިދާރާ:

އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ

އޮގަނައިޒޭޝަން ޔުނިޓް:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ / އއ. ފެރިދޫ

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ކައުންސިލުން ހިންގަން ބޭނުންވާ އެންމެހައި ޕްރޮޖެކްޓްތައް ތައްޔާރުކޮށް ބެލެހެއްޓުން.

2. ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ކުރުން.

3. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އަދި ރަށުގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް، އެކިއެކި ބޭނުންތަކަށް ދޫކުރުމަށް ކައުންސިލުން ނިންމާ ބިންތައް، ޤާނޫނުތަކާއި، ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން އަވަސްގޮތެއްގައި ދޫކުރުމުގެ މަސައްކަތް ކުރުން.

4. ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށު ކައުންސިލުން ތަންފީޒުކުރުމަށް، ރަށު ކައުންސިލާ، ސަރުކާރުން ހަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ޤާނޫނުގައިވާ ގޮތުގެ މަތިން ތަންފީޒުކުރުން.

5. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، އެހެނިހެން ޤާނޫންތަކާ އެއްގޮތްވާގޮތުގެ މަތިން އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކުކުރުމާއި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، މިފަދަ ތަންތަނުގައި އިންވެސްޓްމަންޓްކުރުމާއި، މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.

6. އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނޫފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި، ޤާނޫނުތަކާއި ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެހެން ފަރާތްފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުން.

7. ކައުންސިލްގެ ނިންމުމާއެކު، ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި، އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި، ތަފާތު އެކިކަންކަމަށް ފަންޑް އުފެއްދުން.

8. ކައުންސިލުން އެކިއެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންބިމާއި ތަކެތީގެ އެއްބަސްވުންތަކުގެ މުއްދަތު ހަމަވުމުގެ ކުރިން، ކައުންސިލަށް އެކަން ހުށަހަޅައި، ކައުންސިލުން ނިންމާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.

9. ކައުންސިލަށް ބޭނުންވާ އަންދާސީ ހިސާބުތައް ތައްޔާރުކޮށް، މާލިއްޔަތުގެ ގަވާއިދާއި ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އެކަންކަން ކުރުން.

10. ހުށަހެޅޭ މައްސަލަތައް ބެލެހެއްޓުމާއި، ފައިލްކުރުމާއި، ދުވަހުން ދުވަހަށް އަދި މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯޓުތައް މުއްދަތަށް ފޮނުވުން.

11. ކައުންސިލް ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިއަކު އަންގަވާ، ކައުންސިލްގެ ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠު:

1. ޕްރޮޖެކްޓް/މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން/ބިޒްނަސް/ޕްލޭނިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1.  ވަޒީފާގެ ޝަރުޠު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން (ވަޒީފާގެ ޝަރުޠު ފުރިހަމަނުވާނަމަ ޑިސްކޮލިފައިވާނެ)

2. ތަޢުލީމާއި ތަމްރީން: ލިބިފައިވާ ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި، ކުރު މުއްދަތުގެ ތަމްރީނުތައް.

3. ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި އެހެނިހެން ތަޖުރިބާ

4. ލިބިފައިވާ ހުނަރު: އިންޓަވިއު

އިންޓަވިއު ކުރުން:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 2 ޖަނަވަރީ 2017 އާއި 5 ޖަނަވަރީ 2017 އާ ދެމެދު، މި ކައުންސިލްގެ އިދާރާގައެވެ. މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް، 24 ގަޑިއިރުގެ ކުރިން، އިންޓަވިއުކުރުން އޮންނާނެ ގަޑިއާއި ތާރީޚު އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި  މަޤާމަށް  ކުރިމަތިލާން  ބޭނުންވާ  ފަރާތްތަކުން،  ތިރީގައިވާ  ލިޔުންތަކާއެކު،  2016  ޑިސެންބަރު  28  ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މި އިދާރާއަށް ހުށަހަޅަންވާނެއެވެ. ނަމަވެސް މި އިދާރާގެ މުވައްޒަފަކު ކުރިމަތިލާނަމަ، ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ("ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު:

މި އިިޢުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ ގުޅާނީ، މި އިދާރާގެ 6660545 ނަންބަރު ފޯނަށެވެ. އަދި އީމެއިލް ކުރާނަމަ، މެއިލް ކުރާނީ، [email protected] އަށެވެ.

16 ރަބީޢުލްއައްވަލް 1438

15 ޑިސެންބަރު 2016
ހޯދާ