ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "އެންހޭންސް އިންޓަގްރޭޓެޑް ފްރޭމްވާރކް" ޕްރޮގްރާމް (އީ.އައި.އެފް) ގެ ދަށުން، ތަންފީޒުކުރުމުންދާ ޓިއަރ 1ގެ ޕްރޮޖެކްޓަށް، ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމު: ޕޮލިސީ އޮފިސަރ |
އަދަދު : 02 |
ފެންވަރު ނުވަތަ ޝަރުޠު: · ބިޒްނަސް އެޑްމިނިސްޓްރޭޝަން، އިކޮނޮމިކްސް، ލޭބަރ އިކޮނޮމިކްސް، ޑިވެލޮޕްމަންޓް/އިންޓަރނޭޝަނަލް އިކޮނޮމިކްސް، ޓްރޭޑް ނުވަތަ އިންޓަނޭޝަނަލް ބިޒްނަސްއިންޑިޕްލޮމާ އެއް އޮތުން. މި ދާއިރާތަކުން ޔުނިވަރސިޓީ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. · މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 2-3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. · ކޮމްޕިއުޓަރ ބޭނުންކުރަން އެނގުމާއި، އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން. · އިނގިރޭސި ބަހުންނާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން. |
މަތީގައި އިއުލާންކުރެވިފައިވާ ވަޒީފާގެ އިތުރު ތަފުސީލު، މަސްއޫލިއްޔަތާއި ތަފްސީލް ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00 ން މެންދުރުފަހު 4:00 އަށް
މުސާރަ: -/10,000ދިވެހި ރުފިޔާ (އެހެނިހެން އިނާޔަތް، ޕެންޝަން ހިމެނޭގޮތުގެ މަތިން)
ވަޒީފާގެ މުއްދަތު: : ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރެވޭ ތާރީޚުން ފެށިގެން 31 ޖުލައި 2017 ގެ ނިޔަލަށް
ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 28 ޑިސެންބަރު 2016 ވާ ބުދަދުވަހުގެ 13:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ، ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ، މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 –14:00 އާ ދެމެދު 3333174 އަށް ގުޅުއްވައިގެން ހޯއްދެވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
15 ރަބީޢުލްއައްވަލް 1438