ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކައްކާ

އިޢުލާން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ކައްކާ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/12,000 ރުފިޔާއާއި -/17,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބިލައްވާނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ނޯތު ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރ (ރ.ވަންދޫ) / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ރަނގަޅު ފެންވަރެއްގައި ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކުރަން އެނގުން
  2. އާންމު ގޮތެއްގައި ދިވެހިން ކެއިން ބުއިމަށް ބޭނުންކުރާ ކާނާ ތައްޔާރުކުރަން އެނގުން
  3. ކެއްކުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން
  4. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން
  5. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަންގެ ފަރާތުން ރ.ވަންދޫގައި ގާއިމުކޮށްފައިވާ ސެންޓަރުގައި އެއިރަކު ތިބޭ ހުރިހާ މުވައްޒަފުންނަށް ބޭނުންވާ ކޮއްތު ތައްޔާރުކޮށްދިނުން
  2. މެނޫ ތައްޔާރުކޮށް މެނޫއާއި އެއްގޮތަށް ސުފުރާމަތި ތައްޔާރުކޮށްދިނުން
  3. ކައްކަން ބޭނުންވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި އެކު އިތުރަށް ހޯދަންޖެހޭ ތަކެތީގެ ލިސްޓު ތައްޔާރުކޮށް ރިކުއެސްޓް ފޮނުވުން
  4. ކައްކަން ބޭނުންކުރާ ތަކެތި ހަލާކުވިޔަނުދީ ބެލެހެއްޓުން
  5. ބަދިގެ ތެރެއާއި މެސްރޫމް ސާފުތާހިރުކޮށް ބެލެހެއްޓުން
  6. ބަދިގޭގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކުރުމާއި އެ މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުން
  7. މަތީގައިވާ ކަންކަމުގެ އިތުރުން، ކޯޕަރޭޝަނުން ކުރިއަށްގެންދާ އިތުރު ކަންތައްތަކުގެ ޢަމަލީގޮތުން ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައިވާ ) ކޮޕީ،
  4. ޕޮލިސް ރިޕޯޓު (ނެގި ފަހުން 03 މަސްދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2016 ޑިސެންބަރު 25 ން ޑިސެންބަރު 29 އަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3000581 ނުވަތަ 7584070 ފޯނަށް ގުޅުއްވުން އެދެމެވެ.

16 ރަބީޢުލްއައްވަލް 1438

 

15 ޑިސެންބަރު 2016
ހޯދާ