މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

1 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ. އެސް. 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓް

މަސައްކަތް ކުރަންޖެހޭ ތަން:

މަހަކު -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

އަސާސީ މުސާރަ:

މަހަކު -/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

ލިވިންގ އެލަވަންސް:

އަސާސީ މުސާރައިގެ %30

ޖުޑީޝަލް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އިތުރުގަޑީގެ ފައިސާ:

1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ؛

2. މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވަޒީފާގެ  ކުރިއެރުން  ޙައްޤުވާ  މާކުހެއް  ލިބެމުންދިޔުމާއެކު،  GS2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

3. އުމުރުން 18 އަހަރު ފުރިހަމަވެ، 55 އަހަރު ނުފުރޭ މީހަކަށްވުން.

އަސާސީ ޝަރުޠު:

1. ކޯޓުގެ މުވައްޒަފުންގެ ހާޒިރީއާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

2. އިދާރީގޮތުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި، މެސެޖު ފަދަ ތަކެތި ތައްޔާރުކުރުމަށްފަހު ހަވާލުކުރުމާއި، މުވައްޒަފުންގެ މުސާރަ ސީޓް ތައްޔާރުކޮށް ފޮނުވުން.

3. ފައިސާއާ ގުޅޭ ރިޕޯޓް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކޯޓުގެ އެކައުންޓް ބެލެހެއްޓުން.

4. ކޯޓަށް ލިބޭ ފައިސާގެ ރެކޯޑް ބެލެހެއްޓުމާއި، މަހުން މަހަށް ބޭންކަށް ޖަމާކުރުމާއި، ގަވާއިދާ އެއްގޮތަށް އާމްދަނީ ފައިސާ ޖަމާކުރުން.

5. ކޯޓުގެ ފައިސާއާބެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އިދާރީ ކަންކަމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.

6. ކޯޓަށް ހޯދަންޖެހޭ ތަކެތި، ދައުލަތުގެ މާލިއްޔަތާބެހޭ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ހޯދުން.

7. އިދާރީ އެންމެހައި ލިޔުންތަކާއި ފޮތްތައް ބެލެހެއްޓުމާއި، ފައިސާއާ ގުޅޭ އެންމެހައި ލިޔުންތަކާއި ފޮތްތައް ބެލެހެއްޓުން.

8. މަތީގައި ބަޔާންވެފައިވާ ކަންކަމުގެ އިތުރުން، ވެރިއަކު އަންގަވާ، ކޯޓުގެ ރަސްމީ މަސައްކަތްތައް ކުރުން.

9. ކޯޓުގެ އިދާރީ މުވައްޒަފަކު ޗުއްޓީ ނަގައިފިނަމަ، އެ މުވައްޒަފަކާ ހަވާލުވެފައިވާ މަސައްކަތުގެ ތެރެއިން ވެރިޔަކު ހަވާލުކުރާ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ކޯޓުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން މެޖިސްޓުރޭޓް ހަވާލުކުރާ މަސައްކަތް ކުރުމާއި، ކޯޓް ހުޅުވައި ލައްޕަން ޖެހިއްޖެނަމަ އެ މަސައްކަތްވެސް ކުރުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (މި ފޯމު، ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ. އަދި www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖާހާފައިވާ އަސްލު)

3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ އަސްލު)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

5. އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިއުން ހުށަހަޅާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ލިޔުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

ނޯޓު: މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރިޑިޓް ކުރައްވާފައިވާ ސެޓުފިކެޓެއް ހުށަހަޅާނަމަ، ސެޓުފިކެޓާއެކު ޓްރާންސްކްރިޕްޓް (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ އަސްލު) ހުށަހަޅަންވާނެއެވެ. ޓްރާންސްކްރިޕް ހުށަނާޅާނަމަ، ސެޓުފިކެޓަށް މާކުހެއް ނުދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

2016 ޑިސެންބަރު 28 ވަނަ ދުވަހުގެ 15:00 ގެ ކުރިން، ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް، ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ފޯމު ފެކުހުން ނުވަތަ އީމެއިލުން ވެސް ހުށަހެޅިދާނެއެވެ. ފެކުހުން ނުވަތަ އީމެއިލްއިން އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު، އެޕްލިކޭޝަން ފޯމުގެ އަސްލު ހުށަހަޅަންވާނެއެވެ.

ސުންގަޑި:

1. ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލުވެފައިވާ މިންވަރު ބެލުމަށްޓަކައި ޢަމަލީ އިމްތިޙާނެއް ދެވޭނެއެވެ.

2. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައި ނުވާނަމަ، އެ ފޯމު ބާޠިލުވާނެއެވެ.

3. މި މަޤާމަށް އެދި  ހުށަހަޅާ ފަރާތަކީ މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހަކަށްވުމާއެކު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގައި "ޝަރުޢީ ދާއިރާގެ ވަޒީފާއަށް ޢައްޔަންކުރެވޭ ޝަރުޠުތައް" ހަމަވާ މީހަކަށް ވާންވާނެއެވެ. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގެ ކޮޕީއެއް ވަޒީފާއަށް އެދޭ ފޯމާއެކު ލިބޭނެއެވެ.

4. އިތުރު މަޢުލޫމާތު ހޯދުމަށް، ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ 6560014 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

20 ރަބީޢުލްއައްވަލް 1438

19 ޑިސެންބަރު 2016
ހޯދާ