މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮޑިޓް އޮފިސަރ، އެސިސްޓެންޓް އޮޑިޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ އޮޑިޓް އޮފިސަރ

ބޭނުންވާ އަދަދު:

2 (ދޭއް)

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް:

އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓް

އަސާސީ މުސާރަ:

މަހަކު -/4944 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން، މަހަކު -/6180 ރުފިޔާ)

 

އެހެނިހެން ޢިނާޔަތްތައް:

- މަހަކު -/2،500 ރުފިޔާއާއި -/3،500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

- އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، އަދިި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

 

 

މަޤާމުގެ އަސާސީ ޝަރުޠު:

- ޑިޕްލޮމާ އިން އެކައުންޓިންގ ނުވަތަ ޑިޕްލޮމާ އިން އޮޑިޓިންގ ހާސިލުކޮށްފައިވުން ނުވަތަ ގުޅުންހުރި ދާއިރާއަކުން ސަނަދެއް އޮތުން.

- މި  މަޤާމުގެ  މަސްއޫލިއްޔަތު  އުފުލުމަށް  ބޭނުންވާފަދަ  ދާއިރާއަކުން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ފުލް/ޕާރޓް ޕްރޮފެޝަނަލް އެކައުންޓިންގ ސަނަދުތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- އިނގިރޭސިބަހާއި، ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

- މައިކްރޮސޮފްޓް އެކްސެލް އެޑްވާންސް ޕެކޭޖްތަކަށާއި، އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.

މަސައްކަތް ކުރަންޖެހޭ ގަޑި:

ދުވާލަކު 8 ގަޑިއިރު

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ކުންފުނީގެ އިންޓަރނަލް އޮޑިޓް މަސައްކަތުގައި، އިންޓަރނަލް އޮޑިޓަރުގެ ލަފާގެ މަތިން އިސްކޮށް މަސައްކަތްކުރުން

-  ކުންފުނީގެގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ތައްޔާރުކޮށް، ލިޔެކިޔުންތައް ބެލެހެއްޓުން

މަޤާމް:

އެސިސްޓެންޓް އޮޑިޓް އޮފިސަރ

ބޭނުންވާ އަދަދު::

3 (ތިނެއް)

މަސައްކަތް ކުރަންޖެހޭ ޑިޕާޓްމަންޓް:

އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓް

އަސާސީ މުސާރަ:

މަހަކު -/4304 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ހަމަވުމުން، މަހަކު -/5380 ރުފިޔާ)

 

އެހެނިހެން ޢިނާޔަތްތައް:

- މަހަކު -/2،500 ރުފިޔާއާއި -/3،500 3500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

- އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، އަދިި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

މަޤާމުގެ އަސާސީ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޖީ.ސީ.އީ. އޭ ލެވެލް އެކައުންޓިންގ، މެތްސް، ބިޒްނަސް ސްޓަޑީޒް ހިމެނޭގޮތަށް މަދުވެގެން 3 މާއްދާއިން ފާސްވެފައިވުމާއެކު، ޖީ.ސީ.އީ އޯ ލެވެލް އިންގްލިޝްއާއި އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި، މި ދެ މާއްދާއިން 'ސީ' ފާސް ލިބިފައިވުން.

މަސައްކަތް ކުރަންޖެހޭ ގަޑި:

ދުވާލަކު 8 ގަޑިއިރު

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ކުންފުނީގެ އިންޓަރނަލް އޮޑިޓުގެ މަސައްކަތުގައި، އިންޓަރނަލް އޮޑިޓަރުގެ ލަފާގެ މަތިން މަސައްކަތްކުރުން.

- ކުންފުނީގެ އޮޑިޓްކުރުމުގެ މަސައްކަތަށް ބޭނުންވާ ލިޔެކިޔުންތައް، އޮޑިޓްކުރުމުގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ތައްޔާރުކުރުމަށް އެހީތެރިވުމާއި، ލިޔެކިޔުންތައް ބަލަހައްޓައި ފައިލްކުރުން.

 

 

ވަޒީފާތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމު ((ވަޒީފާއަށް  އެދޭ  ފޯމު،  މި ކުންފުނީގެ ރިސެޕްޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި ކުންފުނީގެ www.port.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް  ކުރެވެންވެސް ހުންނާނެއެވެ.)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

ސުންގަޑި:              

2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 15:30 ގެ ކުރިން.

ސިޓީ ހުށަހަޅަންޖެހޭ އޮފީސް:  

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

 

އިންޓަވިއު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 ވުރެ ގިނަނަމަ، އިންޓަވިއުއަށް  ދަޢުވަތު  ދެވޭނީ  ޝޯޓްލިސްޓް  ކުރެވޭ  ފަރާތްތަކުގެ ތެރެއިން 20 ފަރާތަކަށެވެ.

ނޯޓު:

ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީއާއި، ފެކުހާއި، އީމެއިލްތައްބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅޭގޮތުން،  އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ، 3329339 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3325293 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

20 ރަބީޢުލްއައްވަލް 1437  

19 ޑިސެންބަރު 2016
ހޯދާ