ދިވެހިރާއްޖެ
އިއުލާން
ހިރިލަންދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:
މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން 2016 ޑިސެންބަރު 1 ވަނަ ދުވަހު ކުރެވުނު ނަންބަރު:GS64/2016/I/35 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ހާޒިރުވެފައިވަނީ އެންމެ ދެ ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 27 ވާ އަންގާރަދުވަހުގެ 10:30 އަށް ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 2 ވާ ހޯމަދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ކަރުދާސް ގެންދެވޭނީ ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ކޮންމެވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރަން ބަދަލުގައި އެހެން ފަރާތެއް ހާޒިރުވާނަމަ، މަޢުލޫމާތު ސާފުކުރާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.