ދިވެހިރާއްޖެ
އިޢުލާން
ކުނަހަންދޫ ސްކޫލްގެ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން:
މި ސްކޫލުގެ ފާޚާނަތައް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު GS-184/IUL/2016/30 (27 އޮކްޓޫބަރ 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރި ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 25 ވާ އާދީއްތަދުވަހުގެ 11:00 އަށް ކުނަހަންދޫ ސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 3 ވާ އަންގާރަަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ހިފައިގެން އައުމަށާއި، އެއްވެސް ފަރާތެއްގެ ބަދަލުގައި ހާޒިރުވާނަމަ، އެކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި އެ ވަނީއެވެ. ޕޮއިންޓް ދެވޭގޮތުގެ ތަފުސީލު ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދަން ގުޅާނީ ރަސްމީގަޑީގައި 6800744 ނަންބަރު ފޯނާއެވެ.
# |
ޕޮއިންޓް ދިނުމުގައި ބެެލެވޭނެ ކަންތައް |
ޕޮއިންޓް |
1 |
މަސައްކަތުގެ އަގަށް |
65 |
2 |
މަސައްކަތުގެ މުއްދަތަށް |
25 |
3 |
މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް |
5 |
4 |
މަސައްކަތުގެ ތަޖުރިބާއަށް |
5 |
|
ޖުމްލަ (ސަތޭކަ) |
100 |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
15 ރަބީޢުލްއައްވަލް 1438