ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

ސެންޓަރަލް ލައިބްރަރީގެ ތިރީގައި މިވާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

- ސެންޓަރަލް ލައިބްރަރީގެ ޢިމާރާތުގެ ބޭރުގައި ހުރި ކުރެކުތައް މަރާމާތުކުރުން.

- އޮޓެމެޓިކް ސްލައިޑިން ޑޯ މަރާމާތުކުރުން. 

ވީމާ، މިކަން ކޮށްދޭން އެދޭ ފަރާތްތަކުން 2016 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރަލް ލައިބްރަރީއަށް ހާޒިރުވެ މައުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ކަރުދާސް ދިނުމަށް ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީ ދުވަހުގެ 13:00 އަށް މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. އެހެންނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ޑިސެންބަރު 26 ވާ ހޯމަދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރަލް ލައިބްރަރީގައެވެ.

16 ރަބީޢުލްއައްވަލް 1438

15 ޑިސެންބަރު 2016
ހޯދާ