މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިމިނިސްޓްރީން ތައްޔާރުކުރެވިފައިވާ ޑިޒައިނާ އެއްގޮތަށް ' ތްރީ އާރު އެވޯޑް ' ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ތެރެއިން ވެށި ސާފުކުރުމާއި، ކުނި މެނޭޖުކުރުމުގައި ތިމާވެށްޓާއި ރަށްޓެހި އުސޫލުތަކާއި، އާދަތައް ގެންގުޅޭ މިންވަރުބެލުމަށްފަހު ފާހަގަކޮށްލެވޭ ނަމޫނާ ފަރާތްތަކަށް "ތްރީ އާރު އެވޯޑް" ގެ ނަމުގައި ޝަރަފުވެރިކަމުގެ އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯޑު ދިނުމުގެ މަޤުޞަދަކީ މި ދެންނެވި ކަންކަން ހާސިލުކުރުމަށް އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެ ފަރާތްތަކަށް ހިތްވަރުދިނުމެވެ. މި އެވޯޑު ޑިޒައިންކުރުމުގެ މަސައްކަތް ވަނީ މިހާރު ކޮށްނިމިފައެވެ. އެހެންކަމުން ތައްޔާރުކުރެވިފައިވާ ޑިޒައިނާ އެއްގޮތަށް މި އެވޯޑު ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޑިސެންބަރު 26 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 2016 ޑިސެންބަރު 26 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

" 'ތްރީ އާރު އެވޯޑް' ޑިޒައިން :IUL)438-PPS/438/2016/281) "

އަންދާސީހިސާބު ހުށަހަޅަން ވާނީ ތިރީގައި މިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018431 960+ ފެކްސް: 3018301 960+

 ނޯޓް:

  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެއްޖެނަމަ ލިޔުމުން ނުވަތަ އީމެއިލްއިން ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން ނަމަ ތިރީގައިވާ ނަންބަރަށް 2016 ޑިސެންބަރު 25 ގެ ކުރިން ގުޅުންވުން އެދެމެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ

ފޯނު: 3018422 / 3018343

އީމެއިލް:  [email protected]

15 ޑިސެންބަރު 2016
ހޯދާ