ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (މިސްކިތު)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް ވަގުތީގޮތުން 3 މަސްދުވަހުގެ މުއްދަތަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:           

މަސައްކަތު (މިސްކިތު)

މަޤާމުގެ ރޭންކް:

ސަޕޯޓް ސަރވިސް (އެސް. އެސް. 1)

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ:

މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

ޢިނާޔަތްތައް:

1. އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

މަޤާމް އޮތް އޮފީސް / އިދާރާ:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް މުނިސިޕަލް ސަރވިސަސް (ބީ. ސެކްޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފ. ބިލެތްދޫ ކައުންސިލްގެ އިދާރާ (ބިލެތްދޫ މިސްކިތްތައް)

ބޭނުންވާ އަދަދު:

1 (އެކެއް)

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ރަށު ކައުންސިލުން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި އިމާމު/ މުދިމު އަންގާ ގޮތެއްގެ މަތިން ވަޒީފާ ބަޔާނުގައިވާ ޓާގެޓާ އެއްގޮތަށް މަސައްކަތްކުރުން.

2. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓުގެ ކުރިން  މިސްކިތަށްގޮސް، މިސްކިތާއި ވަޅުދޮށާއި ފާޚާނާތައް ބަލައި، ހަޑިކޮށް ހުރިނަމަ ސާފުކުރުމާއި، މިތަންތަން ސާފުތާހިރުކޮށް ބެހެއްޓުމުގެގޮތުން ދުވާލަކު އެއްފަހަރު މިސްކިތު އެތެރެ ކުނިކަހައި ފެންފޮތިލުމާއި، ކޮންމެ ނަމާދު ވަގުތެއްގައި ފާޚާނާތަކާއި އިސްކުރުބަރި ސާފުކުރުމާއި، މަދުވެގެން ހަފްތާއަކު އެއްފަހަރު މިސްކިތު ގޯތި ކުނިކަހައި ސާފުކުރުމާއި، މިސްކިތުގެ ގޯތިންބޭރު ފާރުކައިރި ހަޑިވިޔަނުދީ ބެލެހެއްޓުން.

3. މިސްކިތުގެ ވަޅާއި، ވަޅާގުޅޭ ގާފޮޅުފަދަ ތަންތަން ހަޑިވިޔަނުދީ ސާފުކުރުމާއި، ކޮންމެ 3 މަހުން އެއްފަހަރު ވަޅުދިޔަހިއްކުމާއި، ފުރާޅާއި ދިޔަދޮވިތަކާއި ފެންތާނގީ ފަދަ ތަންތަން މަހަކު އެއްފަހަރު ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ޚާއްޞަ ހާލަތެއް (ވަޅަށް ނުވަތަ ފުރާޅަށް އެއްޗެއް ވެއްޓި ހަޑިވުންފަދަ ކަމެއް) މެދުވެރިވެއްޖެނަމަ، ވަގުތުން ދިޔަހިއްކައި ސާފުކުރުމުގެ މަސައްކަތްކުރުން.

4. މިސްކިތުގައި ބަހައްޓާފައިހުންނަ ކަބަޑު ސޯކޭސް ހަރުގަނޑު މިނޫންވެސް މިފަދަތަކެތި ދުވާލަކު 2 ފަހަރު ހިރަފުސްފޮޅައި ސާފުކުރުމާއި، ފަންކާތަކާއި، ހޮޅިބުރިތައް ހަފުތާއަކު 1 ފަހަރު ހިރަފުސްފޮޅައި ސާފުކުރުމާއި، ހޮޅިބުރިތައް ދިއްލައި، ފަންކާތައް ނަމާދު ވަގުތުގައި ޖައްސައި، ނަމާދުނިމިގެން ޖަމާޢަތުގައި ބައިވެރިވާ މީހުން މިސްކިތުން ފޭބުމުން މިސްކިތުގައި ހޭދަކުރާ މީހުންނަށް ބޭނުންނުވާ ގޮތުގައި ހުންނަ ހޮޅިބުރިތަކާއި ފަންކާތައް ނިއްވުން.

5. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ބަލައި، ރަނގަޅުކުރުމަށް އިމާމް/މުދިމް މީހާޔާ ވާހަކަދައްކައި، އިމާމު/މުދިންމީހާގެ ސަމާލުކަމަށް އެކަންކަން ގެނައުމާއި،  ޚަރަދަކާ ނުލައި އަމިއްލައަށް ޙައްލުކުރެވޭފަދަ ކަންތައްތައް ޙައްލުކުރުމާއި، ޚާއްޞަކޮށް ވަގުތުން ޙައްލުކުރަންޖެހޭފަދަ ކަމެއް ދިމާވެއްޖެނަމަ ވަގުތުން އެކަމެއް ޙައްލުކުރުމަށް މަސައްކަތްކުރުން.

6. ރަށުކައުންސިލް އިދާރާއާއި، މިސްކިތު އިމާމް/ މުދިމްގެ މަސްވަތާގެމަތީން މިސްކިތު ގޯތިތެރޭގައި ބަގީޗާއާއި މާމެލާމެލީގެ ގަސްއިންދައި، ފެންދީ ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރޭގައި ބޮޑަތިގަސް ހުރިނަމަ، އެ ގަސްތަކާއި، ބަގީޗާ ގަސްތައް ކޮށައި، ވާވިޔަނުދީ ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި ވަށާ އިންފާރުން ސާފުކުރަންޖެހޭބައި ވިނަނޮޅައި ސާފުކުރުން

7. މަސައްކަތާ ގުޅިގެން ކުރުމަށް ކައުންސިލް އިދާރާ، މިސްކިތު އިމާމް/ މުދިމުން ހަވާލުކުރާ އެންމެހައި ކަންކަން ކުރުމާއި، ކައުންސިލް އިދާރާއިން ރާވައި އިންތިޒާމްކުރާ، މުވައްޒަފުންނާ ގުޅުންހުރި ކަންކަމާއި ހަރަކާތްތަކުގައި ވީ އެންމެ ރަނގަޅަކަށް ބައިވެރިވެ އެއްބާރުލުން ދިނުން.

މަޤާމުގެ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމީގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި، އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި  މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަވިއު  އޮންނާނޭ  ތަނަކާއި،  ތާރީޚު،  މި  އިޢުލާނުގެ  މުއްދަތު ހަމަވާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ކުރިމަތިލާ ފަރާތްތަކަށް އެންގޭނެއެވެ. އެހެންކަމުން،  އެ ތާރީޚަށް އިންޓަވިއުއަށް ތައްޔާރުވެގެން ރަށުގައި ހާޒިރުވެ ތިބުން އެދެމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2016 ޑިސެންބަރު 25 ވާ އާދީއްތަ ދުވަހުގެ 13.00 ގެ ކުރިން، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، އެއާގުޅޭ ލިއުންތަކާއެކު، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

 

 

 

 

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިއުންތައް: 

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (" ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު"  ނިލަންދެ އަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޢުލޫމާތު ސާފުކުރުން:

މި  އިޢުލާނާ  ގުޅިގެން  އިތުރު  މަޢުލޫމާތު  ސާފުކުރަން  ބޭނުންވާ  ފަރާތްތަކުން،  މި  އިދާރާގެ 6740013 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 674059 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

ނޯޓު:

ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލް ކުރެވޭނެއެވެ. އަދި ވަގުތު ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

9 ރަބީޢުލްއައްވަލް 1438

08 ޑިސެންބަރު 2016
ހޯދާ