ދިވެހިރާއްޖެ
އިޢުލާން
ހުޅުމާލޭ ފިޔަވަތި، ވިލިނގިލީ ކުޑަކުދިންގެ ހިޔާއަށް ބޭނުންވާ ކެއުމުގެ ތަކެތި 1 އަހަރުދުވަހަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ދެ މަރުކަޒު ކަމަށްވާ ހުޅުމާލޭގައި ހުންނަ ފިޔަވަތި، ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް ކާންދިނުމަށްޓަކައި ކެއްކުމަށް ބޭނުންވާ ތަކެތި 1 އަހަރުދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީން ކުރި އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީހިސާބުތައް (ދިމާވި ބައެއް ކަހަލަ ސަބަބުތަކާ ހުރެ) ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ދެ މަރުކަޒުގެ ކުދިންނަށް ކާންދިނުމަށް ބޭނުންވާ ތަކެތި މި މިނިސްޓްރީން ދޭ މަޢުލޫމާތާ އެއްގޮތަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހު 11:00 އަށް މި މިނިސްޓްރީ (ގ. ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2016 ޑިސެންބަރު 28 ވާ ބުދަދުވަހު 11:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ 2 މަރުކަޒަށް ވަކިންނެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.