މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް / އިދާރާ: މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ

ސެކްޝަން: ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ / ރ. ދުވާފަރު

މުސާރަ: މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

ޢިނާޔަތްތައް: ދަތުރު އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރު ގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ ފަދަ، ސިވިލް ސަރވިސްގެ ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

ބޭނުން އަދަދު: 1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. އޮފީސް ރަސްމީގަޑީގައި، މަސައްކަތް ފެށުމުގެ ކުރިން ކުނިކަހައި ފޮޅައި ސާފުކުރުން.
  2. އޮފީހަށް ހާޒިރުކުރަންޖެހޭ މީހުން އޮފީހަށް ހާޒިރުކުރުވުން.
  3. އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ސިޓީއާއި މެސެޖުފަދަ ތަކެތި ރައްދުކުރުން. 
  4. ޖަލްސާއެއް ނުވަތަ ބައްދަލުވުމެއް ބާއްވަން ޖެހިއްޖެނަމަ، ޖަލްސާ ބާއްވާ މާލަމުގައި ގޮނޑިޖަހައި މާލަމް ތައްޔާރުކުރުން.
  5. އޮފީހުގެ ގޯތިތެރޭގައި ހައްދާ ގަސްތައް ކޮށައި، ގަސްތަކަށް ފެންދީ ބެލެހެއްޓުން.
  6. ގޯތީތެރެ ކުނި ކަހައި ސާފުކުރުން.
  7. އިޢުލާނާއި އެކިއެކި އެންގުންތައް އާންމުކުރުމަށްޓަކައި އެކިތަންތާނގައި ހިއްޕުން.
  8. ރައްޔިތުންނަށް އަންގަންޖެހޭ އެކިއެކި އެންގުންތައް މިއިދާރާއިން އަންގާ ގޮތެއގެ މަތީން އެންގުން.
  9. ޖަލްސާތަކަށާއި އެކިއެކި ޙަފްލާތަކަށް މީހުންނަށް ކިއުން.
  10. ސެކްޝަންތަކަށް ވަންނަ މައްސަލަތައް ނިމިގެން ފައިލްކުރަން ހަވާލުކުރުމުން، އެ މައްސަލައެއް ފައިލްކުރަންޖެހޭ ފައިލެއްގައި ފަސޭހައިން ފެންނާނޭގޮތައް ދުވަހުން ދުވަހަށް ފައިލްކޮށް ނިންމުން.
  11. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުތައް ލިބުމުން، ކާޑުގެ ވެރިފަރާތައް ރައްދުކޮށްދިނުން.
  12. ސްޓޮކަށް ބޭނުންވާ ތަކެތި ފިހާރަތަކުން ގަތުމާއި، ފިހާރަތަކަށާއި އެނޫންވެސް ފަރާތަކަށް ދައްކަންޖެހޭ ފައިސާއެއް، ފައިސާއާބެހޭ ސެކްޝަނުން އަންގާ ގޮތެއްގެމަތިން އެފަރާތަކަށް ހަވާލުކުރުން.
  13. ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ކޭތަނަމާދު އިމާމުވެ ކުރައްވާ ފަރާތްތަކަށް ދެންނެވުން.
  14. ވިހައި މަރުވާއަށް ބޭނުންވާ މަޢުލޫމާތު ރަށުތެރެއިން ހޯދުމަށް އެންގުމުން، އެ މަޢުލޫމާތުތައް ހޯދުން.
  15. ރަށަތެރޭގައި އާންމުކޮށް ގޮވަންޖެހޭ އެއްޗެހި މެގަފޯނުން ގޮވުން.
  16. އެކިއެކި މުނާސަބާތަކަށް ކައުންސިލްގެ އިދާރާއާއި ރަށުތެރެ ޒީނަތްތެރިކުރުމުގައި އެހީތެރިވުން.
  17. މިނޫންވެސް އިތުރު ކަމެއް ކުރަން ޖެހިއްޖެނަމަ، އެކަމެއް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތު ތަޖުރިބާ ލިބިފައިވަނީ މި ދާއިރާއިން ކަމުގައިވުން.
  2. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
  3. ސިވިލް ސަރވީސްގެ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރި މީހެއްކަމުގައިވުން.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހާޒިރުވާންވީ ތާރީޚާއި ގަޑި، 1 ދުވަހުގެ ކުރިން، ލިޔުމަކުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު، 2016 ޑިސެންބަރު 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް އީ މެއިލްގެ ޒަރީޢާއިން ނުވަތަ ފެކުހުގެ ޒަރީޢާއިން ފޮނުވިދާނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ދުވާފަރު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމައި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާގެ 6582701 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

13 ރަބީޢުލްއައްވަލް 1438

12 ޑިސެންބަރު 2016
ހޯދާ