ގއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދެބުރި ޢިމާރާތުގެ ފުރާޅާއި ސީލިން މަރާމާތުކުރުން

ދެބުރި ޢިމާރާތުގެ ފުރާޅާއި ސީލިން މަރާމާތުކުރުން

މި މަދަރުސާގެ ދެބުރި އިމާރާތުގެ ފުރާޅާއި ސީލިންގ އަމިއްލަ ތަކެތީގައި މަރާމާތުކޮށްދިނުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން

ގއ. އަތޮޅު މަދަރުސާ

މައުލޫމާތު ސާފުކުރެއްވުން

2016 ޑިސެންބަރު 19 ވާ ހޯމަ ދުވަހުގެ 11.00 ގައި

އަންދާސީ ހިސާބު ހުށަހެޅުން

2016 ޑިސެންބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

  • މަޢުލޫމާތު ސާފުކުރުމަށްހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ހާޒިރުވުން އެދެމެވެ.

  • ވެރިފަރާތުގެ ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެނައުން އެދެމެވެ.

  •  މަޢުލޫމާތު ސާފުކުރަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި،ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިގަނެވޭ ގޮތަށް ހަމަޖެހިފައެއްނުވެއެވެ.

  • މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރުމަށް ކުންފުންޏަކުން ނުވަތަ ވިޔަފާރިއަކުން މީހަކު ހާޒިރުވާނަމަ، ހާޒިރުވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ވިޔަފާރި ނުވަތަ ކުންފުނީގެ ލިޔުމެއް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީ ބަންދޫ ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް 7983072 އަށެވެ.

12 ޑިސެންބަރު 2016
ހޯދާ