ދިވެހިރާއްޖެ
އިޢުލާން
ކުޅިވަރު ސާމާން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ސްކޫލްތަކަށް ބޭނުންވާ ތިރީގައިމިވާ ކުޅިވަރު ސާމާން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2016/242) އިޢުލާނާ ގުޅިގެން ލޮޓް 01 އަށް ތިން ފަރާތް ކޮލިފައިވެފައިނުވާތީ، އެ ތަކެތި ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
300 ބާސްކެޓް ބޯޅަ
300 ނެޓް ބޯޅަ
700 ހޫލާހޫޕްސް
300 ވޮލީ ނެޓް
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
|
2016 ޑިސެންބަރު 20 ވަނަ ދުވަހުގެ 14:00 ށް |
2016 ޑިސެންބަރު 29 ވަނަ ދުވަހުގެ 14:00 ށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.
