ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ |
މަޤާމުގެ ރޭންކް: |
އެމް. އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރަ: |
މަހަކު -/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަރުފިޔާ) |
ސަރވިސް އެލަވަންސް: |
މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ) |
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން، އޮފީސް، ރަށް: |
އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް/ ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ/ ތ. ހިރިލަންދޫ |
މަޤާމުގެ ޝަރުޠު: |
1. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް/ އެކައުންޓިންގ އެންޑް ފައިނޭންސް/ ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ މާކެޓިންގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް/ އެކައުންޓިންގ އެންޑް ފައިނޭންސް/ ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ މާރކެޓިންގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް/ އެކައުންޓިންގ އެންޑް ފައިނޭންސް/ ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ މާރކެޓިންގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1. ތިޖޫރީ ބެލެހެއްޓުން. 2. ރައްޔިތުންގެ ވިޔަފާރިތައް ހަރުދަނާކުރުމަށް ކައުންސިލުން އެކަށައަޅާ ކަންކަމާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން. 3. ކައުންސިލްގެ ލަފަޔާއި އިރުޝާދުގެމަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑްޔޫޒް ޕްލޭނާ އެއްގޮތްވާގޮތުގެމަތިން ރަށު ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ފަޅާއި ބިން އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން. 4. ކައުންސިލުން ހިންގާ ވިޔަފާރިތައް ބެލެހެއްޓުމާއި، ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް އެކުލަވައިލަންޖެހޭ ޕްލޭންތައް އެކުލަވައިލައި ހިންގުން. 5. ކުލީބިމުގެ ދަފްތަރާއި، ކައުންސިލަށް އާމްދަނީ ލިބޭ ބިންބިމާއި އިމާރާތްތަކުގެ ކަންކަން ބެލެހެއްޓުން. 6. ރައްޔިތުންގެ ނަމުގަޔާއި ކައުންސިލްގެ ނަމުގައާއި ކައުންސިލުން ޒިންމާވާގޮތަށް އުފައްދާ ފަންޑުތައް ބެލެހެއްޓުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. 7. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލްކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. 8. ޙިމާޔަތްކުރެވިފައިވާ ތަންތަނާއި އާޘާރީ ތަރިކަތައް ބެލެހެއްޓުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން. 9. ވިޔަފާރިތަކަށް ކައުންސިލުން ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުމާއި، ކައުންސިލް މެދުވެރިކޮށް އެހެން ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް. 10. ޕްރޮކިއުމަންޓުގެ މަސައްކަތްތައް. 11. އިޖުތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ސަރުކާރުން ހިންގާ އެކިއެކި ޕްރޮގްރާމްތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން. 12. ތަފާސްހިސާބު އެއްކުރުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން. 13. މީގެ އިތުރުންވެސް، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން: 1. ތަޢުލީމާއި ތަމްރީނު (%49) 2. މަސައްކަތުގެ ތަޖުރިބާ (%8) 3. ލިބިފައިވާ ހުނަރު / އިންޓަވިއު (%43) |
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު: މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ، ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާއަށެވެ. ތަކެތި ބަލައިގަންނާނީ، ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00 އާއި 14:00 އާ ދެމެދުގައެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 27 ޑިސެންބަރު 2016 ވާ އަންގާރަދުވަހުގެ 14:00 އެވެ. |
|
އިންޓަވިއުކުރުން: - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ޖަނަވަރީމަހުގެ ތެރޭގައެވެ. - ވަޒީފާއަށް އެދި 10 (ދިހައެއް) މީހުނަށްވުރެ ގިނައިން ކުރިމަތިލައިފިނަމަ، އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓް ލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ. - އިންޓަވިއު އޮންނާނޭ ތާރީޚާއި، ގަޑިއާއި، ތަނާބެހޭ މަޢުލޫމާތު، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަށް، އިންޓަވިއު ބޭއްވުމުގެ 3 ދުވަހުގެ ކުރިން މި އިދާރާއިން އަންގާނެއެވެ. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: 1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (" ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.) 2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 6- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
|
އިތުރު މަޢުލޫމާތު: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް، މި އިދާރާގެ 6780032 ނަންބަރު ފޯނަށް، ނުވަތަ 9860060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
14 ރަބީޢުލްއައްވަލް 1438