ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަސައްކަތު

މަޤާމް:

2 (ދޭއް)

ބޭނުންވާ އަދަދު:

މަހަކު -/3،100 ރުފިޔާ

މުސާރަ:

މަހަކު -/1،000 ރުފިޔާ

ސަރވިސް އެލަވަންސް:

- އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ އެލަވަންސް.

- ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

- ޑިޔުޓީ އުސޫލުން މަސައްކަތްކުރާނަމަ، ޑިޔުޓީ އެލަވަންސް.

 

އިތުރު ޢިނާޔަތްތައް:

ސަޕޯޓް ސްޓާފް ގްރޭޑް 1 މަޤާމުގެ ކްލެސިފިކޭޝަން:
އެސް. އެސް. 1 މަޤާމުގެ ރޭންކް:
ހައުސްކީޕިންގ، ޅ. އަތޮޅު ހޮސްޕިޓަލް މަސައްކަތް ކުރަންޖެހޭ ތަން:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ ޝަރުޠު:

1. ހޮސްޕިޓަލުގެ ގޯތިތެރެއާއި އިމާރާތް، ދުވަހުން ދުވަހަށް ކުނިކަހައި، ފޮޅައި، ސާފުކުރުން.

2. ހޮސްޕިޓަލާއި، ހޮސްޕިޓަލާ ގުޅުންހުރި އިމާރާތްތަކުގެ ބިއްލޫރިތައް، ހޮސްޕިޓަލުން ކަނޑައަޅާ ތާވަލްއަކާ އެއްގޮތަށް ސާފުކޮށް ބެލެހެއްޓުން.

3. ހޮސްޕިޓަލާއި، ހޮސްޕިޓަލާ ގުޅުންހުރި އިމާރާތްތަކުގެ ފުރާޅާއި ދިޔަދޮވިތައް ސާފުކޮށް ބެލެހެއްޓުން.

4. ހޮސްޕިޓަލާއި، ހޮސްޕިޓަލުގެ ސެކްޝަންތަކުގެ ފަންކާތައް ސާފުކޮށް ބެލެހެއްޓުން.

5. އޯ ޕީ ޑީ އޭރިއާ ކައުންޓަރާއި ގޮނޑިތައް، ކޮންމެ ދުވަހަކު ފޮޅައި ސާފުކޮށް ބެލެހެއްޓުން. 

6.  ހޮސްޕިޓަލުގެ ގޯތިތެރޭގައި ފަޅާ ވިނަތައް ނޮޅައި ސާފުކޮށް ބެލެހެއްޓުން.

7. ހޮސްޕިޓަލުގެ ގޯތިތެރޭގައި ގަސްއިންދައި ހެއްދުމާއި، ގަސްތަކަށް ފެންދީ ބެލެހެއްޓުން.

8. އޮފީސް އިމާރާތާއި އެހެނިހެން އިމާރާތްތަކުގެ ފާޚާނާ، ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުން.

9. ހޮސްޕިޓަލުން ބޭނުންވެއްޖެ ހާލަތްތަކުގައި، އެޓެންޓުންނާއި ލޯންޑްރީ އެސިސްޓެންޓުންގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ދިނުން.

 

 

 

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (" ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު"  ޅ. އަތޮޅު ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރު.

3. ޤާބިލުކަމުގެ ސިފަތައް. 

4. އިންޓަވިއުން އެންމެމަތީ މާކްސް ހޯދާ ފަރާތް.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރެވޭނީ، ޅ. އަތޮޅު ހޮސްޕިޓަލުގައެވެ.

- މީހަކު  ހޮވުމަށް  ބާއްވާ  އިންޓަވިއު  އޮންނާނީ،  މި  މަޤާމަށްއެދި  އެޕްލިކޭޝަން  ހުށަހެޅުމުގެ  އެންމެ  ފަހު ތާރީޚުން ފެށިގެން 5 ހަފްތާގެ ތެރޭގައެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

 

އިންޓަވިއު ކުރުން:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ، 28 ޑިސެންބަރު 28 ވަނަ ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ، ޅ. އަތޮޅު ހޮސްޕިޓަލުންނެވެ.

ސުންގަޑި:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6620048 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު:

16 ރަބީޢުލްއައްވަލް 1438

15 ޑިސެންބަރު 2016
ހޯދާ