މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އިންޓަގްރޭޓަޑް ވޯޓަރ ރިސޯސް މެނެޖްމަންޓުގެ މާއްދާއެއްގެ ކަރިކިއުލަމެއް އެކުލަވައިލުމަށް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއްޖެ

                              ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު                            

އިންޓަގްރޭޓަޑް ވޯޓަރ ރިސޯސް މެނެޖްމަންޓުގެ މާއްދާއެއްގެ ކަރިކިއުލަމެއް އެކުލަވައިލުމަށް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއްޖެ

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން އިންޓްގްރޭޓަޑް ވޯޓަރ ރިސޯސް މެނޭޖްމަންޓްގެ މާއްދާއެއްގެ ކަރިކިއުލަމް އެކުލަވައިލުމަށް ކޮންސަލްޓަންޓެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން އަރުވަމެވެ.

މި މަސައްކަތުގެ " ބިޑް ޑޮކިއުމަންޓް " މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ކަމާ ގުޅިގެން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް 21 ޑިސެންބަރު 2016 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވަޑައިގެންނެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރައްވައިގެން ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓަރީނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރެވޭނެ އެންމެފަހު ތާރީޚަކީ 25 ޑިސެންބަރު 2016 އެވެ.

ހުށަހަޅަންވީ ތަކެތި:

  • މަސައްކަތް ކޮއްދިނުމުގެ ޕްރޮޕޯސަލް (މެތޮޑޮލޮޖީ އަދި ވާރކް ޕްލާން)
  • މަސައްކަތުގެ އަގު
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަގިސްޓްރޭޝަން ކޮޕީ)
  • މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން.

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޑިސެންބަރު 27 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 2016 ޑިސެންބަރު 27 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި ހުށަހެޅުއްވުން އެދެމެވެ.

"އިންޓަގްރޭޓަޑް ވޯޓަރ ރިސޯސް މެނެޖްމަންޓުގެ މާއްދާއެއްގެ ކަރިކިއުލަމެއް އެކުލަވައިލުން: IUL)438-POLPU/438/2016/282)"

އަންދާސީހިސާބު ހުށަހަޅަން ވާނީ ތިރީގައި މިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018431 960+ ފެކްސް: 3018301 960+

13 ޑިސެންބަރު 2016
ހޯދާ