ދިވެހިރާއްޖެ
އިޢުލާން
2017 ވަނަ އަހަރަށް ޅައިމަގު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން
މި ސްކޫލުގެ ނަންބަރު GS104-A/IUL/2016/30 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.
1 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2017 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ޅައިމަގު ސްކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން. |
ޅައިމަގު ސްކޫލް އޮފީސް |
މަޢުލޫމާތު ސާފުކުރުން. |
2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 13:00 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން. |
2016 ޑިސެންބަރު 26 ވާ ހޯމަދުވަހުގެ 13:00 ގައި |
މަޢުލޫމާތު ސާފުކުރައްވަން ނުދުރުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
14 ރަބީޢުލްއައްވަލް 1438