ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ އިޢުލާން ނަންބަރު GS47/2016/115 (17 ނޮވެންބަރު 2016) އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، ފަސްވަނަ ފަހަރަށް އަލުން އިޢުލާން ކުރަމެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅުއްވާފައިވާ ގޮތުގެ މަތިން މި ސްކޫލުގެ ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަސައްކަތުގެ ތަފުސީލު
- ދަރިވަރުން ބޭނުންކުރާ ފާޚާނާ ބްލޮކުގައި ހުރި ތަށިތައް ނަގައި އާ ފާޚާނާތަށި (ޓޭންކާއެކު) ބެހެއްޓުމާއި، ތަޅުމުގައި މުށިޖެހުމާއި، ފާޚާނާގެ ބޭރުން ދޮރުމަތީގައި އަޅާފައިވާ ތަޅުމުގައި މުށިޖެހުމާއި، ފާޚާނާގައި މިހާރުހުރި 2 މޫނު ދޮންނަތަށި ނަގައި އާ ދެތަށި ބެހެއްޓުމާއި، މޫނުދޮންނަތަށްޓާ ދިމާލުގައި 6 ފޫޓުގެ ފުރާޅެއްލައި، ސީލިންގކުރުން.
- ޕާޓިޝަން ޖަހައިގެން ޕްރިންސިޕަލް އޮފީހެއް ހެދުން.
- ސްކޫލުން ދިދަދަނޑި ދިނުމުން، މައި ޢިމާރާތު ގޯތިތެރޭގައި ދެ ދިދަދަނޑި ޖަހައި އެސެމްބްލީ ޕްލެޓްފޯމް ހެދުން.
- ހަތަރުބުރި ޢިމާރާތުގެ ބޭރު ކުދިދޮރުތައް (އެލްމިނިއަމް) މަރާމާތުކުރުން.
- މިހާރު ބޭނުންކުރަމުންދާ 7 ނޯޓިސްބޯޑު މަރާމާތުކުރުން.
ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭން ބޭނުންވާ ފަރާތްތަކުން 2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 11:00 އަށް ސްކޫލް އޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 25 ވާ އާދީއްތަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
14 ރަބީޢުލްއައްވަލް 1438