ފެކަލްޓީ އޮފް ސައިންސް
ދިވެހިރާއްޖެ
ޓީޗިންގ ބުކްލެޓް ހެދުން

އިޢުލާން  

މި ފެކަލްޓީން 1 ޑިސެންބަރު 2016 ގައި ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާއިޢުކުރި މި ފެކަލްޓީގެ ނަންބަރު 153-FSC/IUL/2016/05  އިޢުލާނުގެ މަޢުލޫމާތުގެ މައްސަލައަކާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި ފެކަލްޓީން 2017 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ބެޗްލަރ އޮފް ސައިންސް (ބައޮލޮޖީ/ކެމިސްޓްރީ/ފިޒިކްސް) ކޯހުގެ ތިރީގައިވާ 2 މާއްދާގެ ޓީޗިންގ ބުކްލެޓް ހަދަން ބޭނުންވެއެވެ.

  1. މެތެމެޓިކްސް ފޮރ ސައިންޓިސްޓްސް
  2. ޕްރިންސިޕަލްސް އޮފް ފިޒިކްސް

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް ފެކަލްޓީ އޮފް ސައިންސް (ހ.ސޯސަންގެ، 2 ވަނަފަންގިފިލާ، ސޯސަންމަގު) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ.

އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ 14:00 ގައި ހ.ސޯސަންގޭގެ 2 ވަނަފަންގިފިލާގައި ހުންނަ ފެކަލްޓީ އޮފް ސައިންސްގެ އޮފީހުގައެވެ.

12 ޑިސެންބަރު 2016
ހޯދާ