ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ބާރަށު ޞިނާޢީ ސަރަޙައްދުން 10 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް ބިން ކުއްޔަށް ދޫކުރުމުގެ ފުރުޞަތު ހުޅުވާލައި މި އިދާރާއިން ކުރި ނަންބަރުު (IUL)257/257/2016/75 (10 އޮކްޓޫބަރު 2016) އިޢުލާނާ ގުޅިގެން މަހުގެ ބާވަތްތައް އުފެއްދުމަށް ޚާއްޞަކުރެވިފައިވާ ބިން ފިޔަވައި އިތުރު ބިންތަކަށް އެދި އެކަށީގެންވާ އަދަދަކަށް ބިޑް ހުށަހަޅާފައިނުވާތީ، އިތުރު ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. އެގޮތުން، ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.
އަދަދު |
ތަފުސީލު |
އަގު |
1 |
ބިން. 2000 އަކަފޫޓުގެ ޞިނާޢީ ސަރަޙައްދުން- މި ބިމަކީ ތެލުގެ ބާވަތްތައް ވިއްކުމަށްް ޚާއްޞަ ކުރެވިފައިވާ ބިމެކެވެ. |
އަކަފޫޓަކަށް، މީލާދީ މަހަކަށް -/1 (އެކެއް) ރުފިޔާއަށްވުރެ ކުޑަނޫން އަގަކަށެވެ. ބޮޑު އަގު ހުށަހެޅި ފަރާތަކަށް އިސްކަންދެވޭނެއެވެ. |
2 |
ބިން. 1200 އަކަފޫޓުގެ ރަށުގެ ޞިނާޢީ ސަރަޙައްދުން- ގެދޮރު ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ބާވަތްތައް ވިއްކުމަށް ޚާއްޞަ ކުރެވިގެން (ސިމެންތި، ހިލަ، ހިލަވެލި، ދަގަނޑު، އެސްލޯނުގެ ބާވަތްތައް ޓިނުގެ ބާވަތްތަކާއި މިނޫންވެސް ހާޑްވެއަރގެ ގޮތުގައި ބޭނުންކުރާ ތަކެތި) |
އަކަފޫޓަކަށް، މީލާދީ މަހަކަށް 35/- (ތިރީސް ފަހެއް) ލާރިއަށްވުރެ ކުޑަނޫން އަގަކަށެވެ. ބޮޑު އަގު ހުށަހެޅި ފަރާތަކަށް އިސްކަންދެވޭނެއެވެ. |
1 |
ބިން. 1200 އަކަފޫޓުގެ ރަށުގެ ޞިނާޢީ ސަރަޙައްދުން- ވެލްޑިންގ ކުރުމުގެ މަސައްކަތާއި، ތަކެތި މަރާމާތުކުރުމާއި، އެފަދަ އެހެނިހެން މަސައްކަތްތައް ކުރުމަށް ޚާއްޞަ ކުރެވިފައިވާ ބިމެކެެވެ. |
އަކަފޫޓަކަށް، މީލާދީ މަހަކަށް 50/- (ފަންސާސް) ލާރިއަށްވުރެ ކުޑަނޫން އަގަކަށެވެ. ބޮޑު އަގު ހުށަހެޅި ފަރާތަކަށް އިސްކަންދެވޭނެއެވެ. |
1 |
ބިން. 1200 އަކަފޫޓުގެ ރަށުގެ ޞިނާޢީ ސަރަޙައްދުން- ލަކުޑީގެ ބާވަތްތަކުގެ މަސައްކަތްތައް ކުރުމަށް ޚާއްޞަ ކުރެވިފައިވާ ބިމެކެެވެ. |
އަކަފޫޓަކަށް، މީލާދީ މަހަކަށް 40/- (ސާޅީސް) ލާރިއަށްވުރެ ކުޑަނޫން އަގަކަށެވެ. ބޮޑު އަގު ހުށަހެޅި ފަރާތަކަށް އިސްކަންދެވޭނެއެވެ. |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބާރަށު ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިފައިގެން ހާޒިރުވުން އެދެމެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ، ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކޮށް، ބާރަށު ކައުންސިލުގެ އިދާރާއަށް އެޑްރެސްކޮށްފައެވެ.
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އަދި މަހުގެ ބާވަތްތައް އުފެއްދުމަށް ޚާއްޞަ ބިން ފިޔަވައި އިތުރު ބިންތަކަށް ފުރުޞަތު ހުޅުވާލައި މި އިދާރާއިން ކުރި ނަންބަރު (IUL)257/257/2016/83 (15 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ވަނީ ބާޠިލު ކުރެވިފައެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.
9 ރަބީޢުލްއައްވަލް 1438