ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

ތިރީގައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ކޮންމެ މަސައްކަތަކަށް ވަކިވަކިން އަގުޖައްސަވާފައެވެ.

1- ޕްރީސްކޫލުގެ ދަރިވަރުންގެ ކްލާސްރޫމުގެ ކުދިދޮރުތައް މަރާމާތުކުރުން.

2- ޕްރީސްކޫލުގެ ދަރިވަރުންގެ ކްލާސްރޫމުގެ ކޮރިޑޯ މަރާމާތުކުރުން.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތުދެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މީގެ އިތުރުން މިކަމަށް އެދޭ ފަރާތުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅުންވަންވާނެއެވެ.

މި މަސައްކަތް ކުރެއްވުމަށް ކުރިމަތިލެއްވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި 7952918 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

13 ރަބީޢުލްއައްވަލް 1438

12 ޑިސެންބަރު 2016
ހޯދާ