ދިވެހިރާއްޖެ
މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރި 2 އިއުލާނަށް މަޢުލޫމާތު ސާފުކުރަން އައީ އެންމެ ފަރާތަކުންކަމަށްވާތީ އެ އިޢުލާން ބާޠިލުކުރަމެވެ.
ހިމަންދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ނަންބަރު 18/2014 އާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު 19/2014 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ތާރީޚަށް ހިމަންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށް މެނުވީ އަންދާސީހިސާބުގައި ބައިވެރިނުވެވޭނެއެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއަކާއި، ކުންފުނީގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅާއަކީ ކުންފުނީގެ ވެރިފަރާތް ނޫންނަމަ، ކުންފުނީގެ ނަމުގައި އަންދާސީހިސާބު ހުށަހެޅުމަށް އިއުތިރާޒެއް ނެތްކަމުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އާއި 14:00 އާ ދެމެދު 6660842 އަށް ގުޅުއްވައިގެން ނުވަތަ ހިމަންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ހިމަންދޫ ސްކޫލް |
ބުދަ |
14 ޑިސެންބަރު 2016 |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
ހިމަންދޫ ސްކޫލް |
ބުދަ |
21 ޑިސެންބަރު 2016 |
11:00 |