މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެރީޓަރމިނަލް ހިޔާކޮށްދޭނޭ ފަރާތެއް ހޯދަން

ފެރީޓަރމިނަލް ހިޔާކުރުމާބެހޭ:

މި ރަށުގައި ތަރައްޤީކުރަމުންދާ ފެރީޓަރމިނަލް ހިޔާކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި ދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން އޮންނާނީ މި އިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވަންވާނީ، އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އެނގޭފަދަ ލިޔުމަކާ އެކުގައެވެ. ކުންފުންޏަކުން ނަމަ، އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

20 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް

2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް

އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެމީހަކީ އެފަރާތުން ފޮނުއްވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަންޖެހޭނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

8 ރަބީޢުލްއައްވަލް 1438

07 ޑިސެންބަރު 2016
ހޯދާ